އީދު ދުވަހާއި ވަޅު އީދު ދުވަހު ވެހިކަލް ދުއްވުމުގެ ހުއްދައަށް އެދެން ހުޅުވާލައިފި
އީދު ދުވަހާއި ވަޅު އީދު ދުވަހު ވެހިކަލް ދުއްވުމުގެ ހުއްދައަށް އެދެން މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ވާގޮތުން އީދު ދުވަހާއި ވަޅު އީދު ދުވަހު މާލޭގައި ހިނގާފައި އުޅޭ ވަގުތު ތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް ސްޓިކާ ދޫކުރަން ހަމަޖެހިފައިވަނީ ސިޓީ ކައުންސިލްގެ އާއްމު ހިދުމަތްތަކާއިބެހޭ ބައިންނެވެ.
ސްޓިކާ ދޫކުރުމަށް ހަމަޖެފައިވާ ގަޑިތައް:
7 ޖުލައި (20:00-22:00) (14:00-18:00)
8 ޖުލައި (20:00-22:00) (14:00-1800)
9 ޖުލައި (16:00-13:00) (12:00-9:00)
ސްޓިކާ ދޫކުރުމަށް ހަމަޖެފައިވާ ގަޑިތައް:
7ޖުލައި
(20:00-2200) (14:00-18:00)
8ޖުލައި
(20: 22:00) (14:00-1800)
9ޖުލައި
(16:00 – 13:00) (12:00- 9:00)— Male' City Council (@MaleCitymv) July 7, 2022
އީދު ދުވަހާއި ވަޅުއީދު ދުވަހު ފައިމަގުގައި އެކަނި އުޅެވޭނެ ގޮތަށް ނިންމާފައިވަނީ ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 އާއި ހަމައަށެވެ.
އެހެން ނަމަވެސް މި ވަގުތުތަކުގައި ހާއްސަ ހުއްދައިގެ ދަށުން މާލޭގައި އުޅަނދުފަހަރު ދުއްވޭނެއެވެ.