އިސްލާމީ މަރުކަޒަށް ބޮޑުކަމުދިޔަ އިންޑިއާ މީހާ އަތުލައިގަނެ ފުލުހުންނާ ހަވާލުކޮށްފި
އިސްލާމީ މަރުކަޒަށް ބޮޑުކަމުދިޔަ އިންޑިއާ މީހަކު ހައްޔަރު ކޮށްފިއެވެ.
ރޭގެ ވަގުތެއްގައި އިންޑިއާ މީހަކު އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމުދަނިކޮށް ބަޔަކަށް ފެނުމާއި ގުޅިގެން ފުލުހުންނަށް ވަނީ އެކަން އަންގާފައެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ”ބޮންތި“ އާއި ހިއްސާ ކުރައްވަމުން ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ އެފަދަ މައުލޫމާތެއް ލިބުމާގުޅިގެން 40 އަހަރުގެ އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމުގައެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާކަން މީޑިއާ އޮފިޝަލް ފާހަގަކުރެއްވިއެވެ.
މިފަހަކަށް އައިސް މިސްކިތަށް ކުޑަކަމުދިޔުމާއި ބޮޑު ކަމުދިޔުމުގެ އިތުރުން، މިސްކިތްތަކުގައި ބަހައްޓާފައި ހުންނަ ހަތިމަށް ކުޅު ޖެހުމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެކަމަކު އެފަދަ ކަންކަން ކުރާ ފަރާތްތަކަކީ ނަފްސާނީ ބަލިމަޑުކަމެެއްގެ ވެރި ބައެއް ކަމުގައި ކަމާބެހޭ ފަރާތްތަކުން ބުނެއެެވެ. ހާއްސަގޮތެއްގައި އިންޑިއާ އަށް ނިސްބަތްވާ އެފަދަ ކަންކަން ކުރާ ފަރާތްތަކާއިމެދު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
މާތް ރަސްކަލާނގެ އަށާއި، މާތް ނަބިއްޔާ އަށާއި އިސްލާމް ދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހަކު މީގެ ކުރިން ވަނީ ފުރުވައިލާފައެވެ.