ދީނީ ޢިލްމުވެރިޔާ ޝައިހް ބީއޭ ނަސީމް އަވަހާރަވެއްޖެ
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ނަސީމް (ބީއޭ ނަސީމް) އަވަހާރަ ވެއްޖެއެވެ.
ބީއޭ ނަސީމަކީ، މަދީނާ ޔުނިވަސިޓީން އެންމެ ފުރަތަމަ ނިންމި ދިވެހި ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އިނގިރޭސި ބަހުން ބީއޭ ފާސް ހޯއްދެވި ދިވެހިންގެ ތެރޭގައި އެންމެ ފުރަތަމަ ހިމެނުމު ބީއޭ ނަސީމް އަވާހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މީގެ އިތުރުން އެންމެފަހުން އާންމުކޮށްފައިވާ ކީރިތި ޤުރުއާނުގެ ތަރުޖަމާ އެކުލަވައިލެއްވުން ފަދަ ގިނަ ދީނީ މަސައްކަތްތަކުގައި އިސްކޮށް ޝައިޚް ނަސީމް މަސައްކަތް ކުރައްވާފައި ވެއެވެ.
އައްޝައިޚް އާދަމް ނަސީމަކީ އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސްކަން އެންމެ ފަހުން ކުރެއްވި ބޭފުޅާއެވެ. މީގެ އިތުރުން ޝައިޚް އާދަމް ނަސީމް ވަނީ 2010 ވަނައަހަރު އެމަޤާމުން އިސްތިއުފާ ދެއްވައި އަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވާފައެވެ.
މަޝްހޫރު ދީނީޢިލްމުވެރިޔާ އައްޝައިޚް އާދަމްނަސީމް އަވަހާރަވެފައި ވަނީ އުމުރުފުޅުން 80 އަހަރުގައި ރޭގެވަގުތެއްގައެވެ.
ނަސީމް އަވަހާރަ ވުމާއި ގުޅިގެން ދީނީ އިލްމުވެރިންނާއި، ގިނަ ބަޔަކު ދަނީ ތައުޒިޔާ ދަންނަވަމުންނެވެ. އަދި އެމަނިކުފާނު ދީނީ އިލްމު ފެތުރުމަށް ކުރެއްވި މަސައްކަތުގެ އަގުވަޒަން ކުރަމުންނެވެ.
އައްޝައިޚް އާދަމް ނަސީމް، (ބީއޭ ނަސީމް)ގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރުނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ޝުކުރިއްޔާ މިފަދަ މުހިއްމު ޚަބަރުގެ ބަދަލުގައި ފިލްމީތަރިންގެ ވާހަކަ ނޫސްތަކުގައި ޖަހަނީ ކީއްވެތޯއެވެ.