ޚަބަރުސިޔާސީ

ރައީސްގެ ޔޫކޭ ދަތުރުފުޅަށް މިލިއަނެއްވެސް ނާރާނެ: މިއުވާން

ރާނީ އެލިޒަބަތު 2 އަވަހާރަ ވުމާއި ގުޅިގެން، އެކަމަނާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގެ ހަރަދަށް އެއް މިލިއަން ރުފިޔާވެސް ހަރަދު ނުވާނެ ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ އެމަނިކުފާނުގެ ދަތުރުފުޅަށް 3 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅިކަމަށް މީޑިއާ އަކުން ކުރި ރިޕޯޓަކީ ސައްހަ މައުލޫމާތެއް ނޫން ކަމުގައެވެ.

”ތިން މިލިއަނެއް ނާރާނެ އިނގޭތޯ. މިލިއަނެއްވެސް ނާރާނެ.“ މިއުވާން ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވިގޮތުގައި ރައީސް ސޯލިހުގެ ދަތުރުފުޅު ނުނިމޭތީ ހަރަދުވާނެ ވަރު ނުވަތަ ބަޖެޓުކޮށްފައިވާ އަދަދު ހާމަކުރަން ދައްޗެވެ.

މިއުވާން ވިދާޅުވީ ބޭރު ދުނިޔޭގެ ވެރިއަކު އަވަހާރަވެފައިވާ ދަނޑިވަޅެއްގައި ދުނިޔެއާ ވަކިވެގެން ނޫޅެވޭނެ ކަމަށާއި، ރައީސްގެ ދަތުރުފުޅުގައި ބައިވެރިވެފައިވަނީ މަދު އަދަދެއްގެ ބައެއް ކަމުގައެވެ.

ރައީސް ސޯލިހު އިނގިރޭސި ވިލާތަށް މާދަމާ ވަޑައިގަންނަވަނީ އެ ގައުމުގެ ސަރުކާރުގެ ދައުވަތަކަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރާނީ އަވަހާރަވުމާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގެ ވެރިން އަންނަނީ ޝާހީ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.

 

2 Comments

  1. މިލިޔަނަކަންމަދީ 1 ރުފިޔާތޯ އެހެންވިޔަސް އެއީ ވ ބޮޑުއަދަދެއް މޑޕ ގަބޭރުދަތުރުތަކަންއިންތިހާޔަށް ހަރަދުބޮޑު އަދިއެހެންކަންތައް ނުލާ ެެެސްވ

  2. ތިޔަ ދަތުރަކީ މުހިއްމު ދަތުރެއް ނޫން.އިގިރޭސި ވިލާތުގައި ހުންނަ ދިވެހި އެމްބަސީން ބޭފުޅަކު ވެސް ތިޔަ ކަމަށް ފޮނުވި ދާނެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button