ޚަބަރުސިޔާސީ

ޗާގޮސްގެ މިލްކުވެރިކަމުގެ މައްސަލާގައި މޮރިޝަސް އަށް ތާއީދުކުރިޔަސް އިމުގެ މައްސަލާގައި ދޫ ދިނުމެއް ނެތް: މިއުވާން

ޗާގޮސްގެ މިލްކުވެރިކަމުގެ މައްސަލާގައި ސަރުކާރުން މޮރިޝަސްއަށް ތާއީދުކުރިޔަސް ސަރަހައްދީ އިން ކަނޑައެޅުމުގެ މައްސަލާގައި ދޫ ދިނުމެއް ނެތް ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗާގޮސްގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަމަށް އެއްވެސް އިރެއްގައި ދިވެހިރާއްޖެއިން ދައުވާއެއް ނުކުރާ ކަމަށާއި މިމައްސަލައިގެ އިތުރު ތަފްސީލް މާދަމާ އޮންނަ އަޑުއެހުންތައް ނިމުމުން ބަންޑާރަ ނައިބުގެ އޮފީހުން ހާމަކުރައްވާނެކަމުގައެވެ. އަދި މިއުވާާން ވިދާޅުވެފައިވަނީ ރާއްޖޭގެ ދެކުނުން، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ބައެއް ޗާގޮސްގެ ސަރަހައްދަށް ވަންނަކަމަށް މޮރިޝަސްއިން ބުނާ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދި ލޯ އޮފް ދަ ސީ (އައިޓީއެލްއޯއެސް) ގައި ދިވެހިރާއްޖެއިން ނަގާފައިވާ ސްޓޭންޑްއަށް ބަދަލެއް ނާާންނަ ކަމުގައެވެ.

މިއުވާން ވިދާޅުވިގޮތުގައި ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖީ) އިން ނިންމާފައިވާ ނިންމުމަށް އ.ދ ގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދި ލޯ އޮފް ދަ ސީ (އައިޓީއެލްއޯއެސް) ގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެކެވެ.

ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނާނެކަމަށް އައި.ސީ.ޖޭ ގެ އެޑްވައިޒަރީ އޮޕީނިއަން ނެރުމުން އެކަމަށް އ.ދ ގެ ގިނަ ގައުމުތަކުން މިހާރު ވަނީ ތާއީދުކޮށްފައިކަމުގައިވެސް މިއުވާން ވިދާވެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button