ޚަބަރުސިޔާސީ

ވެންޓިލޭޓަރު ވައްކަމުގެ މައްސަލާގައި ނުބައި މައުލޫމާތު ދެވުނީ އޮޅުމަކުން: މިއުވާން

ކޮވިޑް-19 ގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ދުބާއީގެ އެގްޒިކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުނި މެދުވެރިކޮށް ގަންނަން ހަވާލުކުރި ވެންޓިލޭޓަރުތަކުގެ މައްސަލައާއި ގުޅިގެން ނުބައި މައުލޫމާތު ދެވުނީ އޮޅުމަކުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މި މައްސަލަ އާއި ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުން މިއުވާން ވިދާޅުވެފައިވަނީ, އެ މައްސަލަ ދުބާއީގެ އާބިޓްރޭޝަނަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށައި އެކަމުގައި މިހާރު ދަނީ ލީގަލް ޓީމް ކަނޑައެޅުމުގެ މަސައްކަތް ކަމަށެވެ.

”އެ މަސައްކަތް ކުރިއަށް އެބަދޭ މަސައްކަތަށް ހުއްޓުމެއް ނާދޭ، އިންޓަނޭޝަނަލް އެޓެންޑެއްގައި މިދަނީ. އެހެންވީމައި ތަންކޮޅެއް ދިގުލައިގެން ހިނގައިދާނެ“ މިއުވާން ވިދާޅުވެފައިވެއެވެ.

އެ މަސައްކަތް ލަސްވެފައިވަނީ ބޭރުގެ ތަނަކަށް ހުށަހަޅާގެން ކުރިއަށް ދާތީ ކަމަށްވެސް މިއުވާން ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް, މި މައްސަލާގައި އާބިޓްރޭޝަނަށް ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އާބިޓްރޭޝަން ސެންޓަރަށެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި މި މައްސަލައާއި ގުޅިގެން އޭޖީ އޮފީހުން އާބިޓްރޭޝަނަށް ދިއުމަށް ލަފާދީފައިވެއެވެ. އެގޮތުން ދިވެހި ސަރުކާރުން އާބިޓްރޭޝަނަށް ގޮސްގެން ފައިސާ އަބުރާ ހޯދުމުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް ހޯދުމަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ޤާނޫނުގެ ދަށުން އާބިޓްރޭޝަން ސެންޓަރަށް ހުށަހެޅުމުން އެ އިދާރާއިން އެ މައުލޫމާތު ނުދެވޭނެކަމަށް ބައެއް ނޫސް މަޖައްލާތަކުގައިވެއެވެ. އަދި އެހެން ނޫސްވެރިން އެ މަސައްލަ ދާގޮތް ބެލުމަށް އެޓާނީ ޖެނެރަލް އޮފީހަށް ގުޅުމުން ވެސް ޖަވާބެއް ލިބިފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button