ޚަބަރު

ރިޔާސީ އިންތިހާބަކީ ރީތީގެ މުބާރާތެއް ނޫން: ޝެއިޚް ޒައިދު

ރިޔާސީ އިންތިހާބަކީ ރީތީގެ މުބާރާތެއް ނޫން ކަމަށް ވިދާޅުވެ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) އަށްމަޝްހޫރު ދީނީއިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދް ފާޑުވިދާޅުވެއްޖެއެވެ.

ޝެއިހް ޒައިދު މިފަދަ މޭރުމަކުން ފާޑުވިދާޅުވެފައި މިވަނި ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެމްޑީއޭގެ ނައިބު ރައީސް އަދި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް އެމްޑީއޭ ރައީސް އަހުމަދު ސިޔާމް މުހައްމަދަށް ވުރެ ސްމާޓް ރީތި ބޭފުޅެއް މިއަދުގެ ރިޔާސީ ރޭހަކު ނެތް ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

ޝެއިހް ޒައިދު ވިދާޅުވީ ރިޔާސީ އިންތިހާބަކީ ރީތީގެ މުބާރާތެއް ނޫން ކަމަށާއި، ވޯޓު ލާން ވާނީ އެންމެ ތެދުވެރި އިހުލާސްތެރި މީހައަށް ކަމަށެވެ.

ޝެއިހް ޒައިދު ކުރެއްވި ޓުވީޓްގައި އިތުރަށް ވިދާޅުވީ ވެރިކަމަކީ ބޮޑު މަސްއޫލިއްޔަތެއް ކަމަށާއި، ވައުދުތަކާ އަހުދުތަކެ އްވެގެން އާދެވޭ އަދި މަސްއޫލިއްޔަތު ނުއުފުލައިފި ނަމަ، ގިޔާމަތް ދުވަހުން ސުވާލުކުރެވޭނެ ބޮޑުވެގެންވާ ކަމެއްގެ ގޮތުގައެވެ.

އެމްޑީއޭގެ ފަރާތުން މިފަހަރު 2023ގެ ރިޔާސީ ރޭހުގައި ވާދަކުރައްވާ ބޭފުޅަކީ އެޕާޓީގެ ރައީސް އަހުމަދު ސިޔާމް މުހައްމަދެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button