
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުން ފެންނަނީ ކީރިތި މާތް ރަސޫލާ ވެރިކަން ކުރެއްވި ސިފަތައް ކަމުގައި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކާއި ގުޅޭގޮތުން މިއަދު ފެށި ”ވިއަވަތި“ ރާއްޖެ ކޮންފަރެންސުގައި ވާހަކަ ދައްކަވަމުންނެވެ.
އިމްރާން ވިދާޅުވީ ހެޔޮ ވެރިކަމެއްގަ ހުންނަންޖެހޭ އެންމެ މާތް, އެންމެ މަތިވެރި, އެންމެ މޮޅު, އެންމެ ވިދާ ބަބުޅާ ސިފައަކީ ފުރިހަމަ ސިފައިގަ އެންމެން އެކުގައި މަޝްވަރާކުރުން ކަމަށެވެ.
”މިއަދުގެ މި ވެރިކަމުން އެ ސިފަތައް އެންމެ ރީތި ގޮތުގައި އެންމެ ފުރިހަމަ ގޮތުގައި ފެންނާތީ މި އެންމެން މިތަނަށް އެއްވެ މިތިބީ.“ ރަސޫލާގެ ހަޔާތްޕުޅުން މިސާލު ނަންގަވައި އިމްރާން ވިދާޅުވިއެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަކީ ރައީސް ސޯލިހް ހަމައެކަނި ރިޔާސީ އިންތިހާބާއި ދިމާކޮށް ވެވަޑައިގެންނެވި ވައުދެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ވެރިކަން ކުރަން ޖެހޭނެ ކަމަށް ރައީސް އީމާންވެވަޑައިގަންނަވާ ގޮތް ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
ހުރިހާ ވަހުޝީ ކަންކަމަށްމަގު ފަހިކޮށް ކަންތައް ކޮށްފަ ނަބިއްޔާއާ އެއްފަދަ ކުރީތަ.?
އެހެންވެތަ ފާހިސްއަމަލުތަކަން އެއްގޮތަކަށްވެސް ރާޖޭގަޖާގަނެތީ އެއްމެގާތްއެކުވެރިންކަމުގަ މުސްލިމުންހަދާގެންއެއުޅެނީ.އެއްމެހާމުސްލިމުންގޮވާގެން ނަމާދާއެހެނިހެންއަޅުކަންތަކުގާ އަދިނެތިއެއުޅެނީ ރަސޫލާޔާއަޅު ާާކީކަމަށްޓަކާވެސްތައުބާ ވާން ޖެހޭނެ މަގާމުގެބޭނުމުގަ ނޭގެތިމާޔަށްކިޔޭނުކިޔޭއެއް ެއ ް