ޚަބަރު

އެއް ޖިންސުން ގުޅުން ހިންގި ކަމަށް ނާޒިމް ސައްތާރު އިއުތިރާފް ވެއްޖެ

ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އަލަމްގީރް އާއި އެކު ލިވާތު ކުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހުމަދު ނާޒިމް އަބްދުއްސައްތާރު އިއުތިރާފް ވެއްޖެއެވެ.

ނާޒިމް އިއުތިރާފް ވީ އެމައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައެވެ. މި އަޑުއެހުން ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެންނެވެ. ނާޒިމްގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް އިއުތިރާފް ވުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ އޭނާގެ އިއުތިރާފު ބަލައިގަނެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައެވެ.

މި މައްސަލައިގައި ދެން އޮންނާނީ އަދަބު ކަނޑައެޅުމުގެ އަޑުއެހުމެވެ. އެ އަޑުއެހުން މި ހަފުތާގެ ބުރާސްފަތީގައި ބާއްވާނެއެވެ. ބެލެވޭގޮތުގައި ނާޒިމް އިއުތިރާފް ވުމުން އޭނާގެ މައްޗަށް އަންނާނީ 7 މަހުގެ ޖަލު ހުކުމެކެވެ.

ލިވާތުގެ ފާހިޝް ނުބައި އަމަލުން މަޝްހޫރުވެފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް ތަހުގީގަށް ދީފައިވާ ބަޔާން ވަނީ ލީކުވެފައެވެ. އަދި އޭނާގެ ބަޔާނުން ނާޒިމް ސައްތާރު ދަންނަ ކަމަށާއި އޭނާ އާއި އެކު އެތައް ފަހަރެއްގެ މަތިން ލިވާތު ކޮށްފައިވާ ކަމަށް އަލަމްގީރް ބުނެފައިވެއެވެ. ކުށަށް އިއުތިރާފް ވުމުން އަލަމްގީރަށް ވެސް އައީ 7 މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

ލިވާތު ކުރި ކަމުގެ ދައުވާ ބަންގްލަދޭޝްގެ އަލަމްގީރްގެ އިތުރުން ނޮޅިވަރަން ދާއިރާގެ ކުރީގެ މެންްބަރު އަދި ޑީއާރުޕީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއު (ދޮންދިގު)ގެ މައްޗަށް ކޮށްފައިވެއެވެ. ކާނަލް ނަޝީދުގެ މައްޗަށް ކުރާ ތުހުމަތު އޭނާ ދޮގު ކުރައްވައެވެ. ކާނަލް ވިދާޅުވިގޮތުގައި އެއީ ބަޔަކު ރާވައިގެން އޭނާއަށް ބިރު ދެއްކުމުގެ ގޮތުން ދައްކާ ވާހަކައެކެވެ. ކާނާލްގެ ވީޑިއޯތަކާ ގުޅޭގޮތުން އޭނާ ވިދާޅުވީ އެގެއަށް ދިޔައީ ބިޒްނަސް މީޓިންގ އަކަށް ކަމަށާއި، ލިވާތު ކޮށްފައި ނުވާނެ ކަމުގައެވެ.

3 Comments

  1. ލިވާތުކުރިކަމަށް ނާޒިމު އެއްބަހެއް ނުވެއެވެ. ގިނަ ނޫސްތަކުން މިފަތުރަނީ ބޮޑެތި ދޮގުތަކެވެ. މިގައުމުގެ މިހާރު އެންމެ ނުބައި ނުލަފާ ބަޔަކީ ނޫސްވެރިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button