ޚަބަރު

ބިލެތްދޫގައި ބުދުކޯލި ހިފައިގެން ރަށުތެރޭގައި ހިނގި ތިން މީހަކު 10 ދުވަހަށް ބަންދު ކޮށްފި

އިންޑިއާ ބަޔަކު ބިލެތްދޫގައި ބުދުކޯލި ހިފައިގެން ހިނގި މައްސަލާގައި 3 މީހަކު ހައްޔަރުކޮށް ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނެފައި ވަނީ ފ ބިލެތްދޫގައި ބިދޭސީބަޔަކު އެމީހުން އަޅުކަން ކުރަން ގެންގުޅުނު މުދެއް ހިފާގެން އުޅޭކަމުގެ މައުލީމާތު މިމަހު 1 ވަނަ ދުވަހު ލިބިފައިވާކަމަށެވެ.

މިކަމާ ގުޅިގެން ތިން މީހަކު މިމަހު 3 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުން ވަނީ ފުލުހުންގެ ހައްޔަރު ކޮށްފައެވެ. ފުލުހުން އެމީހުން ގެ އުމުރު ހާމަ ކުރިނަމަ ވެސް އެމީހުން ނަކީ ކޮން ގައުމަކަށް ނިސަބަތްވާ އަދި ކޮންނަމެއް ކިޔާ ބައެއް ކަމެއް ނުބުނެއެވެ. އެގޮތުން ފުލުހުން ބުނީ ހައްޔަރު ކުރީ 27 ފިރިހެނަކާ 37 އަހަރުގެ ފިރިހެނަކާ އަދި 39 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައި ވަނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދެވުމުން އެ ތިން މީހުންނަށް ވެސް ވަނީ 10 ދުވަސް ޖަހާފައި ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން އިތުރަށް ބަލަން ޖެހޭ ކަންކަން ވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިކަން ހިނގީ މިމަހު 1 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައެވެ. އިންޑިއާއަށް ނިސްބަތްވާ، އެމީހުން ވަނީ ދޮންކެޔޮ ފަތެއް މަތީގައި އެމީހުން އަޅުކަން ކުރަން ގެންގުޅޭ ކުޑަ ބުދެއް ބައިންދައިގެން އޭގައި ދުންދަޑި ހަރުކޮށްގެން އެމީހުންގެ އަޅުކަމެއް ކުރުމަށް މުޅި ރަށުގައި ހިނގާފައެވެ.

މިކަމާ ގުޅިގެން “ބޮންތި” ނޫހަށް މައުލޫމާތުދެމުން ފ.ބިލެތްދޫ ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް ވިދާޅުވިގޮތުގައި މިކަން ކުރީ އެރަށުގައި ފެން ހޮޅި އަދި ފެންޕްލާންޓުގެ މަސައްކަތް ކުރަން ގެނެސް ތިބި އިންޑިއާގެ ދެކުންފުންޔަކަށް ނިސްބަތްވާ ބަޔަކު ގުޅިގެންނެވެ. އެމީހުން އަމިއްލައަށް ބުދު ހަދައި، އެބުދު ހިފައިގެން ގޮސް ކަނޑު ފެއްތީކަމަށް އެމީހުނާ ހަވާލާދީ ކައުންސިލުން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button