ޚަބަރު

ޕްލެޓްފޯމް ފަރަށް އެރިފަހުން 19 ދުވަސް ވީ އިރުވެސް ފަރަށް ލިބުނު ގެއްލުން ނުބެލޭ

ތިލަ-މާލެ ބްރިޖް އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމް ފަރަށް އެރިފަހުން 19 ދުވަސް ވީ އިރުވެސް ފަރަށް ލިބުނު ގެއްލުން ނުބެލޭކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

ޕްލެޓްފޯމް ފަރަށްއެރީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އެ ޕްލެޓްފޯމު ނެގުނީ ޕްލެޓްފޯމް ފަރަށް އެރިތާ 12 ދުވަސް ފަހުން މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އޭރު އީޕީއޭ ބުނެފައި ވަނީ މިކަމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުން ބަލަން ފަށާނީ ޕްލެޓްފޯމް އެސަރަހައްދުން ނެގުމުން ކަމަށެވެ. މިހާރު އީޕީއޭ ބުނަނީ އެކަން ނުވެ މިއަދާ ހަމައަށް އޮތީ އެފަރު އިންޑިއާގެ އެފްކޮންސް ކުންފުނިން ސާފު ނުކުރާތީ ކަމަށެވެ.

އެފްކޮންސް ޕްލެޓްފޯމް ފުންކޮށްފައި ވަނީ ސަރުކާރަށް އަދި އީޕީއޭ ޕުރެޝަރު ބޮޑުވެގެންނެވެ. އެހެން ނަމަވެސް އޭރު އެފްކޮންސް ބުނަމުން އައީ ޕްލެޓްފޯމް ނެގޭނެ ވަސީލައްތަށް ރާއްޖޭގައި ނެއްކަމަށެވެ. ޕްލެޓްފޯމް ފަރަށް އެރިފަހުން ފުރަތަމަ ހަތްދުވަސް ވީއިރުވެސް ފުންކުރުމުގެ މަސައްކަތް އެ ކުންފުނިން ކޮށްފައިނުވެއެވެ.

މި ދިރާސާ ކުރަން އަދިވެސް ނުފެށި ވަނީ އެފްކޮންސް ކުންފުނިން ފަރަށް އެޅިފައިވާ ކުނިތައް ސާފުނުކުރާތީ އީޕީއޭއިން އަންނަނީ ބުނަމުންނެވެ.

މި ބްރިޖުގެ މަސައްކަތް އެފްކޮންސް އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 16 ވަނަ ދުވަހުއެވެ. އަދި ވެސް އަމަލީ މަސައްކަތް މިއަދާ ހަމައަށް ވަނީ ނުފެށިއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button