ޚަބަރު

އިންޑިއާ ބަޔަކު ބުދުކޯލި ހިފައިގެން ރަށުތެރޭގައި ހިނގި މައްސަލަ ބިލެތްދޫ ކައުންސިލުން ކުށްވެރި ކޮށްފި

އިންޑިއާ ބަޔަކު ބުދުކޯލި ހިފައިގެން ރަށުތެރޭގައި ހިނގި މައްސަލަ ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާއިން ކުށްވެރި ކޮށްފިއެވެ.
ބިލެއްދޫ ކައުންސިލް އިން ބުނެފައި ވަނީ މިއަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށާއި، މިކަހަލަ އެއްވެސް ކަމެއް ދުވަހަކުވެސް ބަލައެއް ނުގަންނާނެ ކަމަށެވެ. އަދި ބަޔަކު މީހުން ބުދުކޯލި ހިފައިގެން ރަށުތެރޭގައި ހިނގި މައްސަލަ ކައުންސިލް އާއި ދައުލަތުގެ ކަމާބެހޭ ފަރާއްތައް ގުޅިގެން ބަލަމުން ކަމަށެވެ.
މިމުޑުދާރު އަމަލު ހިނގި ބަޔަކާއިމެދު އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ވެސް ބިލެއްދޫ ކައުންސިލުން ވަނީ ބުނެފައެވެ. މިކަން ހުއްޓުވުމަށް ކައުންސިލުން މަސައްކަތް ނުކުރާ ކަމަށްބުނެ ފަތުރަމުންދަނީ ހަގީގަތާއި ހިލާފް ދޮގުވާހަކަތަކެއް ކަމަށް އެ ކައުންސިލުން ފާހަގަކުރިއެވެ.
މިކަން ހިނގީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. އިންޑިއާއަށް ނިސްބަތްވާ، އެމީހުން ވަނީ ދޮންކެޔޮ ފަތެއް މަތީގައި އެމީހުން އަޅުކަން ކުރަން ގެންގުޅޭ ކުޑަ ބުދެއް ބައިންދައިގެން އޭގައި ދުންދަޑި ހަރުކޮށްގެން އެމީހުންގެ އަޅުކަމެއް ކުރުމަށް މުޅިރަށުގައި ހިނގާފައެވެ. މިކަމުގައި އިންޑިއާއަށް ނިސްބަތްވާ ބަޔަކު ބައިވެރި ވިއެވެ.
މިކަމާ ގުޅިގެން “ބޮންތި” ނޫހުން ފުލުހުންނާ ސުވާލުކުރުމުން ބުނެފައި ވަނީ އެފަދަކަމެއް ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމުގައެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމުގައެވެ.

2 Comments

  1. އަބަދުވެސް މިސަރުކާރުގަ ބުނާނީއެހެން އެކަމަކުފިޔަވަޅެއްނާޅާނެ މޑޕ ނޫންސަރުކާރުތަކުގާ އެގޮތައް އުޅުނުކަމެއް އެގިފަޔެއްނެތް އަދިއެހެންއުޅޭކަންވެސް ނުކެރެ މިހާރުއެކުރަނީ ކުއްވެރިނުކުރާނެތީއާ އަދި ހުއްދަ.ކޮށްފައޮންނާތީތަ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button