ޚަބަރު

ބިލެތްދޫގައި އިންޑިއާ ބަޔަކު ބުދު ގެންގުޅުނު މައްސަލާގައި ފުލުހުންނާ ރައްޔިތުންނާ ގުޅިގެން ދެ ގެއެއް ބަލާ ފާސްކޮށްފި

ފ.ބިލެތްދޫގައި އިންޑިއާ ބަޔަކު ބުދު ގެންގުޅުނު މައްސަލާގައި ފުލުހުންނާ ރައްޔިތުންނާ ގުޅިގެން ދެ ގެއެއް ބަލާ ފާސްކޮށްފިއެވެ.

މިކަމާ ގުޅިގެން ”ބޮންތި“ ނޫހަށް މައުލޫމާތުދެމުން ފ.ބިލެތްދޫ ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް ވިދާޅުވިގޮތުގައި ބިލެތްދޫގައި އިންޑިއާއަށް ނިސްބަތްވާ ބަޔަކު ބުދުކޯލި ހިފައިގެން ރަށު ތެރޭގައި ހިނގާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

އަސްލަމް ވިދާޅުވިގޮތުގައި މިކަން ކުރީ އެރަށުގައި ފެން ހޮޅި އަދި ފެންޕްލާންޓުގެ މަސައްކަތް ކުރަން ގެނެސް ތިބި އިންޑިއާގެ ދެކުންފުންޔަކަށް ނިސްބަތްވާ ބަޔަކު ގުޅިގެންނެވެ. އެހެން ކަމުން މިއަދު ހަވީރު ފުލުހުންނާއި، ކައުންސިލް އަދި ބިލެތްދޫ އާންމުން ގުޅިގެން ދެ ގެއެއް ބަލާ ފާސްކޮށްފައި ވާކަމަށެވެ. ބެލިބެލުމުން އެއިން އެއްވެސް ތަނަކުން ބުދެއް ފެނިފައި ނުވާކަމަށާއި، އެހެން ނަމަވެސް އެމީހުންނާ ސުވާލުކުރުމުން އެމީހުން އެކަން ކުރީ އިންޑިއާ މީހުން ގަބޫލް ކުރާ ފެސްޓިވެއް ފާހަގަ ކުރަންކަމަށާއި، އެމީހުން އަމިއްލައަށް ބުދު ހަދައި، އެބުދު ހިފައިގެން ގޮސް ކަނޑު ފެއްތީކަމަށް އެމީހުނާ ހަވާލާދީ އަސްލަމް ވަނީ ވިދާޅުވެފައެވެ.

”މިކަން ކުރިބަޔަކު ކުރީކީ ބިލެތްދޫ ރައްޔިތުން އަދި ކައުންސިލްގެ ހާޒިރުގައި ނޫން. މިކަހަލަ އަމަލުތަކަކީ ދުވަހަކުވެސް ބަލައިގަންނާނޭ ކަމެއް ނޫން. މި މުޑުދާރު އަމަލު ހިނގި ބަޔަކާއިމެދު އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން.“ އަސްލަމް ވިދާޅުވިއެވެ.

މިކަން ހިނގީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. އިންޑިއާއަށް ނިސްބަތްވާ، އެމީހުން ވަނީ ދޮންކެޔޮ ފަތެއް މަތީގައި އެމީހުން އަޅުކަން ކުރަން ގެންގުޅޭ ކުޑަ ބުދެއް ބައިންދައިގެން އޭގައި ދުންދަޑި ހަރުކޮށްގެން އެމީހުންގެ އަޅުކަމެއް ކުރުމަށް މުޅިރަށުގައި ހިނގާފައެވެ. މިކަމުގައި އިންޑިއާއަށް ނިސްބަތްވާ ބަޔަކުވެސް ބައިވެރިވިއެވެ.

2 Comments

  1. މުޅި ރަށުގައި ބުދު ހިފައިގެން ހިނގިއިރު ތިރަށު މީހުން ތިބީ ހޭނެތިފަތޯ ނޫނީ ލޯ އަދިރިވެފަތޯ ، ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިޔަށް ތިޔަގެންދަނީ ސަރުކާރުން ރާވައިގެން ތިޔަހުރިހާ މީހުން ޑީޕޯޓުކުރޭ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button