ޚަބަރު

ބިލެތްދޫގައި އިންޑިއާ ބަޔަކު ބުދުކޯލި ހިފައިގެން ރަށުތެރޭގައި ހިނގައިފި

ފ ބިލެއްދޫގައި އިއްޔެގެ ވަގުތެއްގައި އިންޑިޔާ ބަޔަކު ބުދުކޯލު ހިފައިގެން ރަށު ތެރޭގައި ހިނގައިފިއެވެ.

މިކަން ހިނގީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. އިންޑިއާއަށް ނިސްބަތްވާ، އެމީހުން ވަނީ ދޮންކެޔޮ ފަތެއް މަތީގައި އެމީހުން އަޅުކަން ކުރަން ގެންގުޅޭ ކުޑަ ބުދެއް ބައިންދައިގެން އޭގައި ދުންދަޑި ހަރުކޮށްގެން އެމީހުންގެ އަޅުކަމެއް ކުރުމަށް މުޅިރަށުގައި ހިނގާފައެވެ. މިކަމުގައި އިންޑިއާއަށް ނިސްބަތްވާ ބަޔަކު ބައިވެރި ވިއެވެ.

މިކަމާ ގުޅިގެން ”ބޮންތި“ ނޫހުން ފުލުހުންނާ ސުވާލުކުރުމުން ބުނެފައި ވަނީ އެފަދަކަމެއް ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމުގައެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމުގައެވެ.

ފަހަކަށް އައިސް އިސްލާމްދީނާ ހިލާފް އެތަކެއް ކަމެއް މިގައުމުގައި ހިންގަމުން ދާއިރު، ކަމާބެހޭ ވުޒާރާތަކުން ބަހެއް ބުނާތަނެއް އަދި މިކަން ކަމާ މެދު ފިޔަވަޅެއް އެޅޭތަނެއް ނުފެނެއެވެ.

One Comment

  1. ތިވާހަކަނުދައްކާ! ކުކުބިސްނުލިބޭނެ އަލުވިފިޔާނުލިބޭނެ؟ މޯދީ ސާހިދު ނަށީދު އިބުރާހިމު ހަމީދު މާރިޔާ ދެކެއަވައްޓެރިކުދިންރުއްސީމަރަގަޅުވާނެ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button