ލިވާތު ކުރި މައްސަލައިގައި ޖަލަށް ލުމަށް ހުކުމް ކުރި ބަންގްލަދޭޝްގެ އަލަމްގީރަށް ލުއި އަދަބެއް ދިނުމުން ފާހިޝް އަމަލު ހިންގާ މީހުނާމެދު އޮތް ގޮތް ސާފުވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލް މިހެން ވިދާޅުވެފައި މިވަނީ އެތަކެއް ބަޔަކާއިއެކު ލިވާތުގެ ފާހިޝް އަމަލު ހިންގި އަލަމްގީރް އަށް ކްރިމިނަލް ކޯޓުން 7 މަހާއި 6 ދުވަހަށް ޖަލަށް ލާން ހުކުމް ކުރުމުންނެވެ.
މިއީ ސަރުކާރުގެ ވިސްނުން މިނުބައި ފާޙިޝް ޢަމަލު ހިންގާ މީހުންނާމެދު އޮތްގޮތް ސާފުވެގެން ދިޔަ ދަޢުވާއެއް. ޚާއްޞަ ޤާނޫނަށް ޢާމަލު ނުކޮށް މަދުވެގެން 5 އަހަރުގެ ޖަލުޙުކުމުގެ ބަދަލުގައި މިއީ ހަމަ ކަމަކަށް ކަމެއް ކޮށްލީ. ޑިޓަރެންސްގެ އެއްވެސް ނިޔަތެއް ނެތް. https://t.co/neuna2JvXe
— Mohamed Jameel Ahmed (@MJameelAhmed) August 31, 2022
ޑރ.ޖަމީލް އިތުރަށް ވިދާޅުވެފައި ވަނީ އެއީ އެއްވެސް ގާނޫނަށް އަމަލު ނުކޮށް، މަދުވެގެން 5 އަހަރުގެ ޖަލު ހުކުމެއް އަންނަން އޮތް ކުށެއްކަމަށާއި، އެހެންނަމަ ވެސް އެކަމުގެ ބަދަލުގައި ހަމަ ކަމަކަށް ކަމެއް ކޮށްލީ ކަމަށެވެ.
އަމިއްލަ އިއުތިރާފް އޮތުމުން އަލަމްގީރަށް ލުއި އަދަބެއް ދިނުމާ ގުޅިގެން ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް އަދި ޖުޑިޝަރީގެ ވެރިންނަށް ފާޑު ކިޔަމުންނެވެ.