ޚަބަރު

ޕީއެސްއެމް ބޯޑުން މޮންދު އިސްތިއުފާ ދެއްވައިފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ބޯޑުން މުހައްމަދު އާސިފް (މޮންދު) އިސްތިއުފާ ދެއްވައިފިއެވެ.

މޮންދު ޕީއެސްއެމްގެ ބޯޑުން އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވާފައެއް ނުކުރައްވައެވެ.

މޮންދު ވިދާޅުވެފައިވަނީ، އިސްތިއުފާ ދެއްވީ އެ މަސައްކަތާ ފުށޫއަރާ ފަދަ އެހެން މަސައްކަތެއްގައި އުޅުމަށް ގަސްދު ކުރައްވާތީ މަސްލަތަކަށްޓަކައި ކަމަށެވެ.

”ބޮންތި“ އަށް އެނގިފައިވާގޮތުގައި މޮންދު ކުރިޔަށް އޮތް ތަނުގައި ފެންނާނީ ސަން މީޑިއާ ގްރޫޕުންނެވެ.

މޮންދު ޕީއެސްއެމްގެ ބޯޑަށް އައްޔަނު ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.

މޮންދު ވަނީ 22 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ޓީވީއެމްގައި މަސައްކަތް ކުރައްވާފައެވެ. 2013 ވަނަ އަހަރު ޓީވީއެމްއިން ވަކިވެވަޑައިގެންނެވި އިރު މޮންދު އަކީ އެސްޓޭޝަންގެ ޗީފް އޮޕަރޭޓިން އޮފިސާ (ސީއޯއޯ)އެވެ.

މޮންދު ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button