ޚަބަރު

ހޯރަފުށި އެއާރޕޯޓްގެ ފަޔަރ ޓްރަކް ހަލާކުވެ، އެއަރޕޯޓު ހުއްޓުމަކަށް!

އަލިފާން ނިންވަން ބޭނުން ކުރާ ފަޔަ ޓްރަކް ހަލާކުވެ، ހޯރަފުށި އެއަރޕޯޓު ހުއްޓުމަކަށް އައިސްފިއެވެ.

މޮލްޑިވިއަންގެ Q470 ފަސިންޖަރުންނާއެކު ހޯރަފުއްޓަށް ދަތުރު ކުރަމުން ދަނިކޮށް، ފަޔާ ޓްރަކް ހަލާކުވެފައިވާކަން ކުއްލި ގޮތަކަށް އެނގުމުން ފަސިންޖަރުން ގޮވައިގެން މޮލްޑިވިއަންގެ Q470 ވަނީ އަނބުރާ މާލެ ވެލާނާ އިންޓަނޭސަނަލް އެއާޕޯޓް އަށް ޖައްސާފައެވެ.

މައްސަލަ ހައްލުކޮށް އަލުން އެއަރޕޯޓް ހުޅުވާލާފައިވާ ކަމަށް މިހާރު މައުލޫމާތު ލިބެއެވެ.

ވައިގެ ދަތުރުފަތުރާއި ގުޅޭ ގަވާއިދުތައް އޮންނަ ގޮތުން އެއްވެސް އެއަރޕޯޓެއްގައި އަލިފާން ނިންވާ އުޅަނދެއް ނެތި މަތިންދާ ބޯޓު ޖެއްސުމަކީ މަނާ ކަމެކެވެ. މިފަހުން އެ އެއާޕޯޓް ގައި ވަނީ ފަޔާ ފައިޓަރުން ތަމްރީނު ކުރާނެ ފަޔާ ސިމިއުލޭޓަރެއް ވަނީ ގާއިމު ކޮށްފައިކަން ފާހަގަ ކޮށްލެވެއެވެ.

މި ސަރުކާރުން ހަމައެކަނި ހުޅުވި އެއާޕޯޓް ހޯރަފުށީ އެއަރޕޯޓުގައި މީގެ ކުރިން ވެސް އެތަކެއް ނުރައްކާތެރި ކަންކަން ވަނީ ހިންގާފައެވެ. އެގޮތުން މުޅި އެއާޕޯޓަށް އުދައަރާ ވަނީ ފެންބޮޑުވެފައި ވެއެވެ. އަދި ވެލި ރަންވޭ މައްޗަށް އެޅުމުން ފުލައިޓްތައް ނުޖެއްސި ދެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button