ޚަބަރު

ޔޯގާ ހަމަނުޖެހުމުގައި އިހުމާލުވި މީހުނަށް ފިޔަވަޅު އަޅަން ރައީސް އަންގަވައިފި

21 ޖޫންގައި ސަރުކާރާއި އިންޑިއާއިން ގުޅިގެން ގަލޮޅު ދަނޑުގައި ކުރިޔަށް ދިޔަ ޔޯގާ ހަރަކާތަށް ހުރަސްއަޅައި، އެހަރަކާތުގައި ބައިވެރި މީހުންނާ ދެކޮޅަށް ހަމަނުޖެހުން ހިންގި މައްސަލަ ބެލި ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީން ލަފާދީފައިވާ ކަންކަމަށް އަމަލު ކުރަން އެންގެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ، ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީގެ ރިޕޯޓުގައި، އެ ދުވަހު ކަން ހިނގައިދިޔަ ގޮތް ދިރާސާކޮށް، އެ ކަންކަން ދެނެގަތުމަށް ކޮމެޓީން ކުރައްވާފައިވާ މަސައްކަތްތައް ހިމަނުއްވާފައިވެއެވެ. މިގޮތުން ކޮމެޓީން ކުރެއްވި ދިރާސާއާ ގުޅިގެން އެކުލަވައިލެއްވި ރިޕޯޓުގައި، 5 ދާއިރާއަކުން 39 ރިކޮމެންޑޭޝަނެއް ހުށަހަޅުއްވާފައިވެއެވެ.

މިގޮތުން ރިކޮމެންޑޭޝަން ހުށަހަޅުއްވާފައިވާ ދާއިރާތަކުގެ ތެރޭގައި، ސެކިއުރިޓީ ބެލެހެއްޓުމާއި ސެކިއުރިޓީ އޮޕަރޭޝަންތައް ހިންގުމުގައި ޢަމަލުކުރާނެ ގޮތާއި، ދީނީ ގޮތުން ޚިލާފް އުފެދޭ ކަންކަމުގައި ޢަމަލުކުރާނެ ސިޔާސަތު އެކުލަވައިލުމާއި، އިވެންޓްތައް ރާވައި އިންތިޒާމުކުރުމާއި، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާއި، ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަމަށް މަގުފަހި ކުރުވާ ކަންކަން ދެނެގަނެ، އެ ކަންކަން ޙައްލުކުރުމަށް އަވަސް ފިޔަވަޅު އެޅުއްވުން ހިމެނެއެވެ.

ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ރިކޮމެންޑޭޝަންތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އަޅުއްވަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުއްވުމަށް އެ އިދާރާތަކުގައި ދެންނެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމެވިއެވެ.

 

One Comment

  1. އިސްލާމް ދީނުގާހަރާން ކުރަށްވާފާވާކަންތައްތައް ކޮންގެން ވީއެއްވެސްކަމެއްނެތް އެކަމަކުޔޯގާކަންތާމިހުންނަނީހާދަވަރެކޭ މިގައުމުގެ ރައްޔިތުންނަށް އެކަންތައްތައް ނުފެންނަނީ އިހުސާސްނުވަނީކީ ެެެތަ ކޮށްމެލީޑަރަކުވެސް ވެރިކަންކުރާނީއސްލާމްދީނާއެއްގޮތަށޭ ބުނެއެކަމަކުތެދުވަންނުކެރޭތާ ޗުއްޕުވެސް ނުބުނެ އެވަރުމީހުނަންކިހިނެއް އިސްލާމީސަރިއަތެއްކުރެވޭނިސަރުކާރުން ދީނަށްކޮއްމެގޮތަކަންއަމަލުކުރިޔަސް އަޅާނުލާތިބެނީއޭ އެއްމެންއެކަމުގެފާފަނުލިބިދާނެބަނ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button