ޚަބަރު

ސީއޭޕީއޭސީގެ ޕަބްލިކް އެކައުންޓް ކޮމެޓީގެ ޗެއާއަކަށް ނާޝިޒު

ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޕަބްލިކް އެކައުންޓްސް (ސީއޭޕީއޭސީ) ގެ ޗެއާއަކަށް ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އިއްޔެ އިންތިހާބުކޮށްފިއެވެ.

ނާޝިޒު އެ މަގާމަށް އިންތިހާބު ކުރީ އިއްޔެ ބޭއްވި ސީއޭޕީއޭސީގެ އާންމު ޖަލްސާގައެވެ. އެ ބައްދަލުވުން އިއްޔެ އާއި މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ސީއޭޕީއޭސީގެ ޗެއާކަން ކުރިން ހުންނެވީ އިނގިރޭސިި ވިލާތުގެ ޕާލިމެންޓް މެންބަރު އަދި އެ ގައުމުގެ ޕަބްލިކް އެކައުންޓްސްގެ ޗެއާ މެގް ހިލާއެވެ. ނާޝިޒު މީގެކުރިން ވަނީ އެ ކޮމިޓީގެ ވައިސް ޗެއާކަން ވެސް ކޮށްފައެވެ.

ސީއޭޕީއޭސީ އަކީ 2015 ވަނަ އަހަރު ކޮމަންވެލްތު ގައުމުތަކުގެ ޕާލިމެންޓް މެމްބަރުން އެގައުމެއްގެ ދައުލަތުގެ މާލީ ކަންކަމުގައި މިނިވަންކަމާ އެކު ނިންމުންތައް ނިިންމުމަށް ހިތްވަރު ދިނުމަށް އުފެދިގެން އައި ކޮމިޓީއެކެވެ. ކޮމަންވެލްތުގެ ގައުމުތަކުގެ މާލިއްޔަތު ކޮމިޓީތަކަށް މާލީ ދާއިރާގެ ގާނޫނުތައް ހެދުމާއި މާލީ ގޮތުން ނިންމުންތައް ނިންމުމުގައި އެހީތެރިކަން ދެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button