
ފަނޑިޔާރުންނަށް ފްލެޓް ދީ އިންޑިއާއިން ތަމްރީން ދެނީ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީންއަބްދުލްގައްޔޫމުގެ ޝަރީއަތަށް ނުފޫޒު ފޯރުވަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ އިއްޒަތްތެރި މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުަމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ފަނޑިޔާރުންނަށް ލިބޭ އިނާޔަތްތަކާއި، ފެލްޓްތަކުގެ އަދަދު އިތުރުކުރުމަށް ފަނޑިޔާރުންގެ ގާނޫނަށް ހާއްސަ އިސްލާހުތަކެއް ގެނައުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައި މެންބަރު ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކަން ކުރަނީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ކަމުގައެވެ.
ރައީސް ޔާމިންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ފަނޑިޔާރުންނަށް ފުލެޓާއި ގޯތި. ޖުޑިޝަރީގެ ތަމްރީނުތައް އިންޑިޔާއިން. ވެރިކަންކުރާ ޕާޓީގެ އިސްވެރިން އިންޑިޔާއަށް ހާޒިރުކޮށް ރައީސް ޔާމީން ޖަލަށް ލުމަށް އަމުރު. އަޅުދާސްތު ވާނީ މިހާކައްވަރަށ!!! ފަނޑިޔާރުގޭގެ އިންސާފުވެރިކަން ???? pic.twitter.com/P5FnSYphO6
— Ahmed Shiyam (@Shiyamaldives) August 29, 2022
ޖުޑިޝަރީގެ ތަމްރީނުތައް އިންޑިއާއިން ކުރިޔަށް ގެންދާކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ ވެރިކަންކުރާ ޕާޓީގެ އިސްވެރިން އިންޑިއާއަށް ހާޒިރުކޮށް ރައީސް ޔާމީން ޖަލަށް ލުމަށް އަމުރު ކޮށްފައިވާކަން މީޑިއާތަކުން ރިޕޯޓު ކުރުމުން ދޭހަވަނީ ރާއްޖެ އަޅުދާސްތު ވެފައިވާ މިންވަރު ކަމުގައެވެ.
ނޫސްބަޔާން: ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުން ހުށަހަޅާ ބިލުގައި ހިމެނޭ މައިގަނޑު ކަންތައްތައް pic.twitter.com/UkwdwhIIl8
— AG Office Maldives (@AGOmv) August 28, 2022
ފަނޑިޔާރުންގެ ގާނޫނަށް ގެންނަން އުޅޭ އިސްލާހުތަކަކީ ސަރުކާރުން ބޭނުންވާގޮތަށް ހުކުމް ކުރާ ފަނޑިޔާރުން ރުއްސަން ކުރާ މަސައްކަތެއްގެ ގޮތުގައި އިދިިކޮޅު ފާރާތްތަކުން އަންނަނީ ބުނަމުންނެވެ.
ތިޔަކަންކަން ވެސް ހިނގާނެ….ދައުލަތުން ވައްކަންކުރީމާ އަދަބުވެސް ލިބެންވާނެ.