ޚަބަރުސިޔާސީ

ރައީސް ސޯލިހުގެ ރިޔާސީ ދައުރަށް 4 އަހަރުވީއިރު އެންމެ ގޭދޮށެއްގައިވެސް މަސް ޕްލާންޓެއް ނެހެދޭ

ރައީސް ސޯލިހުގެ ރިޔާސީ ދައުރަށް 4 އަހަރުވީއިރު އެންމެ ގޭދޮށެއްގައިވެސް މަސް ޕްލާންޓެއް ނެހެދޭކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިހާތަނަށް ކިތައް ގޭދޮށު ޕްލާންޓް ހެދިއްޖެތޯ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު ފިޝަރީޒް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ހަސަން އާއި ސުވާލު ކުރުމުންނެވެ.

މިނިސްޓަރ ހުސެއިން ވިދާޅުވީ ގޭދޮށު މަސްފެކްޓްރީގެ 3 ތަނެއް އައްޑޫ ސިޓީގައި ހެދުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމުގައެވެ. އަދި ނ. ކެނދިކުޅުދޫގައިވެސް އެފަދަ ޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

”މިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ހުއްދަ ދިނުމުގެ އުސޫލުތަކެއްް ގާއިމްކޮށްފިން. އެއްވެސް ފަރާތަކުން މަސްގަނެގެން ޕްރޮސެސް ކޮށްގެން އެކްސްޕޯޓު ކުރަން ބޭނުންނަމަ، ހުއްދައަށް އެދުމުން ލިބޭނެ.“ މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުން އެނގުނުގޮތުގައި ރާއްޖޭގެ އެއްވެސް ރަށެއްްގައި އެފަދަ ފެކްޓަރީއެއް ނުވަތަ ޕްލާންޓެއް އަދި މިހާތަނަށް ގާއިމްކޮށްފައެއް ނުވެއެވެ.

ގޭދޮށު މަސްފެކްޓަރީ އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button