ޚަބަރުމުނިފޫހިފިލުވުން

އައްމަޑޭ، ޗިއްޕެ އަދި ކުޑޭގެ ލައިވް އިވެންޓު ކަޓުވާލާ ވަރަށް ވުރެ ފޯރި ގަދަވާނެ

މޯލްޑިވިއަން އައިޑޮލްގެ ޖަޖު އަދި މަޝްހޫރު ލެޖެންޑަރީ މިއުޒިޝަން އަހުމަދު އިބްރާހީމް (އައްމަޑޭ) ގެ ވަރަށް ފޯރިގަދަ ޝޯވްއެއް ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބާއްވަން ހަމަޖެހިއްޖެއެވެ.

ރަށްދެބައި މަގުގައި ހުންނަ މި ހޮޓަލުގެ ރޫފް ޓޮޕްގައި ޝޯވް ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 1 ވަނަ ދުވަހުގައެވެ. އައްމަޑޭގެ އިތުރުން މި ޝޯވްގައި މަޝްހޫރު ލީޑް ގިޓަރިސްޓް އިބްރާހީމް ޝިފާއު (ޗިއްޕެ) އާއި ބެރު ޖެހުމުގެ ދާއިރާއިން އެންމެންގެ މަގުބޫލުކަން ހޯދާފައިވާ ޝިހާމް އަހުމަދު (ކުޑޭ ޝިހާމް) ގެ ހުނަރު ފެނިގެންދާނެއެވެ. ޝިހާމް އަކީ މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (މަމް) ގެ ރައީސެވެ.

ތަފާތު ރަހަތަކުގެ ކެއުމާއިއެކު ކުރިޔަށްދާ މި އިވެންޓުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ރިޒަވޭޝަން ހެދުމަށް 7968524، 7922957 ގުޅާލުމުން އެކަން ހަމަޖެހޭނެއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލަކީ ހިތްގައިމު ވިއުއެއް ލިބޭ އަދި އަގުތަކާ ބަލާއިރު ހިދުމަތުގެ ފެންވަރު ރަނގަޅު ހޮޓަލެކެވެ. މީގެ އިތުރުން އެ ހޮޓަލަކީ މިއުޒިޝަނުން ކުރާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަން ކުރާ ތަނެއްކަން ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button