ޚަބަރުސިޔާސީ

މަތި ބަރުވާނެ ހުރިހާ ކަމެއް މި ސަރުކާރުން ކޮށްފި: އާދަމް ޝަރީފް

ހަރަދު ކުޑަ ކުރުމުގެ ވައުދާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތެެއް ކަމަކު، މަތި ބަރު ސަރުކާރެއް ހިނގަމުންދާ މަންބަރު ފެންނަމުން ދާކަމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު އާދަމް ޝަރީފް ވިދާޅުވީ ބޭރުން ލިބޭ އެހީތަކުގެ މަންފާ އާންމުންނަށް ނުކުރާ ކަމުގައެވެ. އޭގެ ބަދަލުގައި ސަރުކާރުގެ ހަރަދު ބޮޑުކޮށް، ދަރަނި އިތުރުވެފައިވާކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ސިޔާސީ ކުރިމަގު ރާއްޖޭގައި އޮތް ގޮތަށް ބަލާއިރު، މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރެވިދާނެ ކަމަށް އާދަމް ޝަރީފް ގަބޫލެއް ނުކުރައްވައެވެ.

”އެފަދަ މާހައުލެއް ނެތް. މާކުރިން އޮތީ އިއުލާންކޮށްފަ މަޖިލިސް އޮތީ ސަރުކާރު (ރައީސް ސޯލިހު)ގެ މުށުތެރޭގައި ކަމަށް. ފެންނަމުންދަނީވެސް އެ މަންޒަރު.“

އާދަމް ޝަރީފް ހާމަކުރެއްވިގޮތުގައި ސަރުކާރުގެ ނުފޫޒުގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިންސާފުވެރިކަމާއެކު ބޭއްވުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އޭގެ ސަބަބެއް ކަމަށް ބެލެވެނީ މުއައްސަސާތައް ޕެރެލައިޒް ކޮށްލުން ކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button