ޚަބަރުސިޔާސީ

ސިޔާސީ މަގާމު އިތުރުވެގެން ކުރިން ކަންބޮޑުވި ރައީސް، އެކަމުންވެސް ވަނީ ހިޔާނާތް: ޖަމީލު

ސިޔާސީ މަގާމު އިތުރުވެގެން ކުރިން ކަންބޮޑުވި ރައީސް އެކަމުންވެސް ވަނީ ހިޔާނާތް ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑެވައިޒަރު ޑރ.މުހައްމަދު ޖަމީލު އަހުމަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރައްދު ދެއްވައިފިއެވެ.

ހާރިޖީ ވަޒީރު ޝާހިދުގެ ދަރިކަލުންގެ އަންހެނުންނަށް ސަރުކާރުން އަހަރަކު މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުކުރާކަން ”ދިޔަރެސް“ ނޫހުން ރިޕޯޓު ކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޖަމީލު ވިދާޅުވީ ‏ސިޔާސީ މަގާމު އިތުރުވެގެން ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ވާހަކަފުޅު ދެއްކެވި ކަމަށާއި، ޝާހިދުގެ ދަރިކަލުންގެ އަންހެނުންނަށް ސަރުކާރުން ކުރާ ހަރަދު ފަދަ ކޮންމެ ކަމަކުން ތަމްސީލު ކުރައްވަނީ ރައީސް ސޯލިހު ރައްޔިތުންނަށް ވި ވައުދަތަކަށް ޚިޔާނާތްތެރިވިތަން ކަމުގައެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި އެމަނިކުފާނުގެ ސިޔާސީ މަގާމްތަކާއި ކުރައްވާ ހަރަދުވެސް ހާމަކުރައްވަން ދެކޮޅު ހައްދަވާކަން ހާމަވެފައިވާކަން ޖަމީލު ފާހަގަކުރައްވައިފިއެވެ.

”މުޅިން ވެސް ޚިޔާނާތް.“ ޖަމީލު ވިދާޅުވިއެވެ.

ޝާހިދުގެ ދަރިފުޅު، މޫސާ ޔަމީނަކީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކައުންސެލަރ އެވެ. ޑިޕެންޑެންސް އެލޮވެންސްގެ ގޮތުގައި އަހަރަކު 1.6 މިލިއަން ރުފިޔާ އޭނާއަށް ލިބޭ ކަމަށް ”ދިޔަރެސް“ އިން ރިޕޯޓު ކޮށްފައިވެއެވެ.

ޑިޕެންޑެންސް އެލަވެންސް ދެނީ ރާއްޖެއިން ބޭރުގައި ތިބޭ ޑިޕްލޮމެޓުންގެ އަނބިދަރިންނަށް ހަރަދުކު ރުމަށެވެ. މޫސާ ޔަމީން ޝާހިދުގެ އެއްވެސް ދަރިއަކު ނުހުންނަ ކަމަށާއި އެ ފައިސާ އަކީ އޭނާގެ އަންހެނުންނަށް އެކަނި ލިބޭ އެއްޗެއްކަމުގައި އެ ނޫހުން ރިޕޯޓު ކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button