މަޖިލިސް ރައީސް, އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މާދަމާ ނޫސްވެރިންނާއި ބައްދަލު ކުރައްވަން ނިއްމަވައިފައިވާ ކަމަށް އެޕާޓީއިން މިއަދު ބުނެފިއެވެ.
މިބައްދަލުވުން ބާއްވަން ހަމަޖެހިފައި އޮތީ މާދަމާ ހެނދުނު 11 ޖަހާއިރު އެމްޑިޕީގެ އޮފީހުގައެވެ. އަމިއްލަ އަދި ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަތީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.
ލިވާތު މައްސަައިގައި ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ހައްޔަރު ކުރުމުން އެމަނިކުފާނުވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑު ވިދާޅުވެފައެވެ. އަދި ރައީސް ސޯލިހުގެ ބަރަހަނާ ފޮޓޯ ތަކެއް ހުރި ކަމަށާއި, އިނގިރޭސި ވިލާތުގައި ހުންނަވަނިކޮށް ފޯނު ފޭރިގެންފައި ވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. ހަމައެއާއި ރައީސް ސޯލިހުގެ އެފަދަ ފޮޓޯ ތަކެއް ނުހުންނާނެކަމަށް ވިދާޅުވެ ރައީސް އޮފީހުން ވަނީ އެކަމަށް ރައްދު ދެއްވާފައެވެ.
ރައީސް ނަޝިދު ނޫސްވެރިންނާއި މާދަމާ ބައްދަލު ކުރަން ނިއްމައިފައިވާއިރު އެމަނިކުފާނާއި ރައީސް ސޯލިހުގެ ގުޅުންވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.