ޚަބަރުކުޅިވަރު

ޖޯޒީ ބައެއް ނުލިބިގެން ލަދުވެތި ގޮތަކަށް އެލްވައިޑީ މުބާރާތުން ކަޓައިފި

ޖޯޒީ ބައެއް ނުލިބިގެން ޕަސްކުއަލް ފޮނަދޫ ޔޫތް ފުޓްސެލް ޗެލެންޖު 2022 އިން އެލްވައިޑީ ކަޓައިފިއެވެ.

މި މުބާރާތުގައި ރޭ ބައްދަލު ކުރަން އޮތީ އެލްވައިޑީ އާއި ކަންމަތި އެސްސީ އެވެ. އެލްވައިޑީގެ ކުޅުންތެރިން މެޗަށް ދިޔައީ ގޯޅި ސްޕޯޓްސް ކްލަބްގެ ޖޯޒީ ލައިގެންނެވެ. އެއާއެކު މެޗުގެ ރެފްރީ ވަނީ އެ އެލްވައިޑީގެ ޖޯޒީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. ރޭ 22:30 ގައި ފެށުމަށް އޮތް މެޗަށް އެލްވައިޑީގެ ޖޯޒީގެ ކަންކަން އިސްލާހު ކުރުމަށް ރެފްރީ ވަނީ އެއްގަޑިއިރު ދީފައެވެ.

އެލްވައިޑީ އިން ދެން ދިމާކުރީ ބިބް ސެޓުގައި މާކަރުން ނަންބަރު ޖަހައިގެން ކުޅުމަށެވެ. އެހެން ނަމަވެސް ރެފްރީ އެގޮތަށް އެއްބަސްވެފައެއް ނުވެއެވެ. އަދި އެއްގަޑިއިރު ތެރޭގައި ޖޯޒީ ނުގެނައުމުގެ ސަބަބުން 3 ޕޮއިންޓާއި ދެ ގޯލު ކަންމަތި އެފްސީ އަށް ދިނުމަށްފަހު ރޭގެ މެޗު ނުކުޅެ ނިންމާލީއެވެ. އެއާއެކު އެލްވައިޑީ ވަނީ ގްރޫޕު ސްޓޭޖުން ލަދުވެތި ގޮތަކަށް ކަޓާފައެވެ.

އެލްވައިޑީ އެންމެ ފުރަތަމަ ކުޅުނީ ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ޖޯޒީ ބައި ހޯދައިގެންނެވެ. އެނގިފައިވާގޮތުގައި މުބާރާތް ފެށުނުއިރުވެސް ބޭރުން ގެންނަން އޯޑަރު ކުރި އެ ކްލަބްގެ ޖޯޒީ ބައި ވީތަނެއް ނޭނގެއެވެ.

އެލްވައިޑީ ޓީމަށް ވަނީ މާލެއިންނާ ރާއްޖޭގެ އެކި ކަންކޮޅުތަކުން މޮޅެތި ފުޓްސެލް ކުޅުންތެރިން ގެންގޮސްފައެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ ރާއްޖޭގެ ފުޓްސެލް ގައުމީ ޓީމްގެ ކީޕަރު ޒައިދާން އަހުމަދު (އަސޫ) އެވެ. މި މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ބޮޑެތި ހަރަދު ތަކެއްވެސް އެލްވައިޑީ ޓީމުން ކުރިއެވެ.

3 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button