ޚަބަރުސިޔާސީ

ރައީސް ޔާމީނާ ދެކޮޅަށް އަނެއްކާވެސް ޒިޔާތު ހެކިބަސް ދެނީ

އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔާތު އަނެއްކާވެސް ހެކިބަސް ދޭން ނިންމައިފިއެވެ.

ޒިޔާތު ހެކިބަސް ދޭން ނިންމާފައިވަނީ ވ.އާރަށުގެ މައްސަލައިގައި ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ދައުވާ ކުރާ މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލު ކުރި ކަމަށް ބުނާ ދައުވާގެ މާދަމާގެ އަޑުއެހުމުގައެވެ.

ކްރިމިނަލް ކޯޓުގައި މާދަމާގެ އަޑުއެހުން ތާަވަލުކޮށްފައިވަނީ 09:30 ގައެވެ. ޒިޔާތަކީ ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލުމަށް ކުރި 5 އަހަރުގެ ޖަލު ހުކުމުގެ ޝަރީއަތުގައިވެސް ޔާމީން އާއި ދެކޮޅަށް ހެކިބަސް ދިން މީހެކެވެ. އަދި އޭނާ ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގި ކަމަށް އެއްބަސްވެ ދައުލަތާއެކު އިއުތިރާފް އެއްބަސްވުމެއް މީގެ ކުރިން ހަދާފައެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި އަހުމަދު ނާޒިމް ވަނީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވާފައެވެ. އެކަމަކު ނާޒިމް ދެއްކެވި ވާހަކަތަކާއި އާރަށުގެ މައްސަލައާއި އެއްވެސް ގުޅުމެއް ނެތްކަން ފާހަގަކޮށްލެވެއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button