ޚަބަރު

ދެ ހަފްތާ ނުވަނީސް ލިވާތު ކުރި މީހުން ދޫކޮށްލިއިރު، ޔޯގާ ހައްޔަރީން ތިބީ ބަންދުގަ: ޝަހީދު

ލިވާތު މައްސަލައިގައި ހައްޔަރުކުރި މީހުން 2 ހަފްތާ ނުވަނީސް ބަންދުން ދޫކޮށް ލުމުން ލޯޔަރ މުހައްމަދު ޝަހީދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޝަހީދު ޓުވީޓެއްގައި ވިދާޅުވީ ‏އެއްޖިންސުން ގުޅުން ހިންގި މީހުން 2 ހަފުތާ ނުވަނީސް ދޫކޮށްލިއިރު، ޔޯގާ މައްސަލައިގަ ހައްޔަރުކޮށްފައިވާ އޭނާގެ މުވައްކިލު މުޙައްމަދު ޛިލްޔަން ބަންދުގައި ހުންނަތާ މިއަދަށް 52 ދުވަސް ވެއްޖެ ކަމުގައެވެ.

”މިއަށް ކިޔާނީ ސަދޫމް ޖަސްޓިސް ނޫން ދެން ކޯއްޗެއްތޯ.“ ޝަހީދު ވިދާޅުވިއެވެ.

ލިވާތު ކުރި މައްސަލައިގައި މީހުން ދޫކޮށްފައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ ލަފާގެ މަތިންކަމަށް ފުލުހުން ވިދާޅުވެފައިވާއިރު މިމައްސަލައިގައި ހައްޔަރު ކުރި މީހުން ދޫކޮށްލީ އިތުރަށް ބަންދުގައި ބައިތިއްބަން ގާނޫނުން ތަން ނުދޭތީ ކަމަށް ބުނެފައިވެއެވެ. ރޭގެ ވަގުތެއްގައި ދޫކޮށްލި މީހުންގެ ތެރޭގައި ނޮޅިވަރަން ދާއިރާގެ ކުރީގެ މެންްބަރު އަދި ޑީއާރުޕީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއު (ދޮންދިގު) ގެ އިތުރުން ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހިމެނެއެވެ.

ލިވާތުކުރުމަކީ ދީނުގައި ‎ހަރާމް ކަމަކަށް ވާއިރު އެބައި މީހުން މުޖުތަމަޢު އަށް ދޫވެފަ ތިބެން ޖެހޭ ޖެހުމަކީ ބިރުވެރި ކަމެއްކަމުގައި އެތައް ބަޔަކު ބުނަމުން ދެއެވެ. އަދި ލިވާތު ކުރި މީހުންނަށް ހައްގު އަދަބުދިނުމަށް ވެސް އެތައް ބަޔަކުދަނީ ގޮވަމުންނެވެ.

އެމައްސަލައިގައި މިހާރު ބަންދުގައި ހުރީ އަލަމްގީރް އެކަންޏެވެ. އޭނާ އާއިއެކު 300 ވަރަކަށް ފިރިހެނުން ލިވާތު ކުރިއިރު، އޭގޭ ތެރެއިން ދެނެގަނެވިފައިވަނީ 38 މީހަކު ކަމަށް ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ “އަވަސް” ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައެވެ. އަދި އެ މައްސަލައިގައި ޖުމްލަ 18 މީހެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button