ޚަބަރު

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް 8 ބޭފުޅަކު ކުރިމަތިލައްވައިފި

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 8 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

ކޯޓަށް ގާޒީއަކު ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނު ކުރީ މިދިޔަ ޖުލައި މަހުގެ ހަތް ވަނަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލެއްވި މީހުން:

  • ސިޔާމާ މުހައްމަދު / ދަފްތަރު ނަންބަރު ރސ 13194 މާލެ
  • އިބްރާހީމް އިޙްސާން / އެށެވެލި، ސ. މަރަދޫ
  • އާމިނަތު އަޒްލިފާ / ގުލާބީގެ، ރ. ރަސްގެތީމު
  • އަމްޖަދު އަބްދުލްޣަނީ / ސޯސަންމާގެ، ފ .ބިލެތްދޫ
  • މުހައްމަދު ޢާސިރު / ހެޕީކޯނަރ، ގއ. ކަނޑުހުޅުދޫ
  • ސުލައިމާން މުޙައްމަދު / ނޫރާނީގެ، ޅ. ކުރެންދޫ
  • ރުޝްދުﷲ އިބްރާހީމް / ޖަވާހިރުމާގެ، ބ. މާޅޮސް
  • އުއްމުކުލްސޫމް އަބޫބަކުރު / ރަނައުރާގެ، ބ. ހިތާދޫ

ގާޒީން ހޯދަން އިއުލާނުކޮށްފައި ވަނީ މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހަކަށް 48،300 ރުފިޔާގެ މަގުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ވަކި ގޮތެއްގެ މަތިން މެޑިކަލް އިންޝުރެންސާއި ފޯން އެލަވަންސް ލިބޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button