ޚަބަރު
ކަސްޓަމްސް އިންވެސް ލިވާތު ކުރިކަމުގެ ތުހުމަތުގައި މުވައްޒަފުންތަކެއް ސަސްޕެންޑްކޮށްފި
ލިވާތު ކުރި ކަމުގެ ތުހުމަތުގައި ކަސްޓަމްސްގެ ދެ މުވައްޒަފަކު ސަސްޕެންޑްކޮށްފިއެވެ.
މިމައްސަލައިގައި ވެސް ސަސްޕެންޑްކުރި މުވައްޒަފުންނަށް ތުހުމަތު ކުރެވެނީ ބަގްލަދޭސްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގީރް އާއިއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތެވެ.
އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ކަސްޓަމްސްގެ ދެ އޮފިސަރަކު ސަސްޕެންޑްކުރި ނަމަވެސް އެފަދަ ތުހުމަތުތަކެއް ކުރެވޭ އިތުރު ބައެއްގެ މައްސަލަ ދަނީ ކަސްޓަމްސްއިން ބަލަމުންނެވެ.
މިހާތަނަށް ފުލުހުން ބެލި ބެލުމުން 250 މީހުން ނާއިއެކު ވަނީ ގުޅުން ހިންގާފައެވެ.