ޚަބަރު
ލިވާތު ކުރިކަމުގެ ތުހުމަތުގައި މަޖިލީހުގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި
އަލަމްގީރް ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ފިރިހެނަކާއެކު ލިވާތު ކުރިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފަކު ސަސްޕެންޑު ކޮށްފިއެވެ.
ލިވާތު ކުރިކަމުގެ ތުހުމަތުގައި ސަސްޕެންޑް ކޮށްފައިވަނީ މަޖިލީހުގެ ޖޫނިއާ މުވައްޒަފެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފު ވެސް ސަސްޕެންޑް ކޮށްފައިވަނީ އަލަމްގީރް އާއެކު ލިވާތު ކުރި ބައެއް މީހުން ސަސްޕެންޑް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އަަލަމްގިރިއާ އެކު ލިވާތު ކުރިކަމުގެ ތުހުމަތުގައި ސަސްޕެންޑު ކުރި މީހުންގެ ތެރޭގައި ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކުގައި މަސައްކަތް ކުރާ މީހުން ހިމެނެއެވެ.