ޚަބަރު
ނޮޅިވަރަންފަރުގައި ލިވާތު ކުރި މައްސަލައެއް ބަލަނީ
ހދ. ނޮޅިވަރަންފަރުގައި ލިވާތު ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނެފައި ވަނީ ނޮޅިވަރަންފަރުގައި ދެ ފިރިހެނުން އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލައެއް މިދިޔަ މަހުގެ 25 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އެއްޖިންސުން ގުޅުންހިންގުން އާމުވެފައިވާ މިދަނޑިވަޅުގައި ފުލުހުން އަނަނަނީ ގިނަ އަދަދެއްގެ އެއްޖިއްސުން ގުޅުން ހިންގާމީހުން ހައްޔަރު ކުރަމުންނެވެ.