ޚަބަރުސިޔާސީ

ހައްލު އޮތީ މަރުގެ ހުކުމް ތަންފީޒު ކޮށްގެން: ޑރ ޖަމީލް

އަޑުއިވިގެން މިދިޔައީ އިންތިހާއަށް ބިރުވެރި ކުށެއް ކަމަށާއި ހައްލު އޮތީ މަރުގެ ހުކުމް ތަންފީޒު ކޮށްގެން ކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް މިހެން ވިދާޅުވެފައިވަނީ ރޭގެ ވަގުތެއްގައި މާލޭގެ ގެއެއްގެ ތެރޭގައި ރަހުމުކުޑަ ގޮތަކަށް 22 އަހަރުގެ ދިވެހި ޒުވާން އަންހެން ކުއްޖަކު މަރާލުމާ ގުޅިގެންނެވެ.

ޑރ ޖަމީލް ފާހަގަކުރެއްވި ގޮތުގައި އަޑުއިވިގެން މިދިޔައީ އިންތިހާއަށް ބިރުވެރި ކުށެއް ކަމަށާއި، ނުހައްގުން މީހުން މެރުމަށް ޙައްލު އޮތީ މަރުގެ ޙުކުމް ތަންފީޒްކޮށްގެން ކަމަށާއި، އެހެން ނަމަވެސް މަރުގެ ހުކުމް ތަންފީޒް ނުކުރާނެ ވާހަކަ ސަރުކާރުން ދެއްކުމަކީ ގޯސް މެސެޖެކެވެ. މިހެން މިކަން ނުކޮށްފި ކަމަށް ވާނަމަ، މުޖުތަމައު އަށް ދޫކުރަން ނުޖެހޭ ނުރައްކާތެރި ކުށްވެރިން ދޫވާނެކަމަށާއި، މުޖުތަމައަށް ދޫކުރަން ހެޔޮ ނުވާވަރުގެ ނުރައްކާތެރި މުޖުރިމުން އެބަތިބިކަން މިއަދު ގަބޫލްކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޙައްލު އޮތީ މަރުގެ ޙުކުމް ތަންފީޒްކޮށްގެން.“ ޖަމީލު ވިދާޅުވިއެވެ. 

ރޭ މަރާލި އަންހެން މީހާގެ ކަރުގެ އިތުރުން ހަތަރެސްފައި ވެސް ވަނީ ބުރިކޮށްލާފައެވެ. އެ މަރުގެ ގާތިލު ކަމަށް ފުލުހުން ތުހުމަތު ކުރަނީ އުމުރުން 23 އަހަރުގެ ރާއްޖޭގެ ޒުވާން ސްކޭޓަރު އަލީ ޝާހިލް އަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button