އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެގައުމަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔަން އިންޑިއާ ސަރުކާރުގެ ޖަނަވާރާ ބެހޭ ވަޒީރު އެއާޕޯޓަށް ފޮނުވައިފިއެވެ.
ރައީސް ސޯލިހު އިންޑިއާއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފިޝަރީޒް، އެނިމަލް ހަޒްބެންޑްރީ އެންޑް ޑައިރީން ޑރ.ސަންޖީވް ބަލްޔަންއެވެ. ޑރ.ބަލްޔަން އަކީ ކެބިނެޓަށް ޖަވާބުދާރީ ވާންޖެހޭ އާދައިގެ ސްޓޭޓް މިނިސްޓަރެކެވެ.
Honoured to receive Hon’ble President of the republic of Maldives Ibrahim Mohamed Solih @ibusolih on his arrival to India. Welcome to India.@PMOIndia @DrSJaishankar pic.twitter.com/K0RP0jiRwZ
— Dr. Sanjeev Balyan (@drsanjeevbalyan) August 1, 2022
ރައީސަށް މަރުހަބާ ކިޔުމަށް ދަށް ފެންވަރުގެ ބޭފުޅަކު އެއާޕޯޓަށް ފޮނުވަން ޖެހުނު ސީދާ ސަބަބު ނޭނގުނަސް އެއީ އިންޑިއާ ސަރުކާރުން ދިވެހިންނަށް އިހުތިރާމް ކުޑަކަން ދައްކުވައިދިން ކަމުގެ ހެއްކެކެވެ.
Varah varah dherakame