ޚަބަރުސިޔާސީ

ރައީސް ސޯލިހުގެ ނުފޫޒުން މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާވެސް ވަކި ކުރަނީ!

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނުފޫޒުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަދި މަޖިލިސް ރައީސްގެ ކޮއްކޯފުޅު އީވާ އަބްދުﷲ ވަކި ކުރުމުގެ މަސައްކަތް އެމްޑީޕީން ފަށައިފިއެވެ.

އިވާގެ އިތުރުން ރައީސް ނަޝީދުވެސް މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުންނެވެ.

އެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ”ޗޭންޖް އޯގް“ ވެބްސައިޓުގައި މިއަދު ވަނީ އޮންލައިން ޕެޓިޝަނެއްވެސް ޝާއިއުކޮށްފައެވެ. އެ ޕެޓިޝަނުގައި ބުނެފައި ވަނީ ރާއްޖޭގެ އިސްލާމީ އުސޫލުތަކަށް ނަޝީދު ފުރައްސާރަ ކުރަައްވަމުން ގެންދަވާ ކަމަށާއި ލިވާތު ފަދަ ހުތުރުކަން ބޮޑު ކަންކަން ވެސް ދިފާއު ކުރައްވަމުން ގެންދަވާތީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކި ކުރަން ޖެހޭ ކަމުގައެވެ.

ނަޝީދުގެ އިތުރުން އީވާ މަގާމުން ވަކި ކުރަން ނިންމާފައިވަނީ ބެލެވޭގޮތުގައި ރައީސް ސޯލިހު ބަނގުރާ ނުހިއްޕަވަނީތޯ އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕެއްގައި ސުވާލު ކުރެއްވުމާ ގުޅިގެންނެވެ. ރައީސް ނަޝީދު ވަނީ ރައީސް ސޯލިހު އަންހެނަކާ އެކު ޒިނޭ ކުރާ 4 ފޮޓޯއެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަންވެސް ހާމަކުރައްވާފައެވެ. އެއާއެކު ނަޝީދު މަގާމުން ބޭރުކުރުމަށް ޓުވިޓާގައި ”އިމްޕީޗް ނަޝީދު“ ހޭޝްޓެގެއް ވެސް ވަނީ ތައާރަފްކޮށްފައެވެ.

އަލަމްގީރް ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ފިރިހެނަކާއެކު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ލިވާތު ކުރި މައްސަލައެއް ފެންމަތިވުމާ ގުޅިގެން އޭނާ ހައްޔަރުކޮށް 7 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހާފައެވެ. މިކަމާ ގުޅިގެން ނަޝީދު އަންނަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

 

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button