އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ރައްދު ދިނުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަނާ އަރިސް ޕާޓީއެއް ކަމުގައިވާ އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ހޫނު ފެނަށް ވެއްޓިއްޖެއެވެ.
ރައީސް ސޯލިހުގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސީމް އިބްރާހީމް އާއި ނާޒިމް މަޑުން ތިއްބަވައި، ގައުމު އަނދަވަޅަކަށް ވައްޓާލުމުން އުމުރު ދުވަހު ޣައްދާރަށް ގޮވާނެ ކަމުގައި ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެން ނާޒިމް ކުރެއްވީ ޓުވީޓެއްގައި ވަނީ ރައީސް ޔާމީނަކީ އެންމެ ބޮޑު ޣައްދާރު ކަމަށް ވިދާޅުވެފައެވެ.
Who is the biggest traitor for the nation none other than Pres. Yameen! Your administration was covered in filth; bribery, theft, fraud, jailing whole opposition and crippling the state institutions. So, who is the biggest traitor for the nation? Still you claim as a patriot? https://t.co/dls4Af9YEn
— Mohamed Nazim MP (@nazim7878) July 31, 2022
ނާޒިމް މިފަދައިން ވިދާޅުވުމާއެކު އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ އެބޭފުޅާއަށް ރައްދު ދެއްވާފައެވެ.
އެގޮތުން ޝިޔާމް ފާހަގަކުރެއްވި ގޮތުގައި ”ޣައްދާރު“ މި ލަފުޒަކީ ބައެއް ސިޔާސީ ލީޑަރުންނަށް ވަރަށް އުނދަގޫވާ ލަފުޒެކެވެ. ޕީޕީއެމް ޕީއެންސީ ފިޔަވާ ހުރިހާ ޕާޓީއެއްވަނީ މި ލިވާތު ޣައްދާރު ސަރުކާރު ގެންނަން މަސައްކަތްކޮށް އަދި ނަގަހައްޓަންވެސް މަސައްކަތްކޮށް ޤައުމަށް ޣައްދާރުވެފައިކަން ޝިޔާމް ފާހަގަކުރެއްވިއެވެ.
'ޣައްދާރު' މި ލަފުޒަކީ ބައެއް ސިޔާސީ ލީޑަރުންނަށް ވަރަށް އުނދަގޫވާ ލަފުޒެއް. ޕީޕީއެމް ޕީއެންސީ ފިޔަވާ ހުރިހާ ޕާޓީއެއްވަނީ މި ލިވާތު ޣައްދާރު ސަރުކާރު ގެންނަން މަސައްކަތްކޮށް އަދި ނަގަހައްޓަންވެސް މަސައްކަތްކޮށް ޤައުމަށް ޣައްދާރުވެފައި. މިހަޤީގަތެއް ދިވެހިންނަކަށް ނޯޅޭނެ. https://t.co/LZ4t1e0b7B
— Ahmed Shiyam (@Shiyamaldives) July 31, 2022
ނާޒިމަށް ދެން ރައްދު ދެއްވީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ. ސައީދު ވިދާޅުވީ ރައީސް ޔާމީނަކީ ވަލު ދޮރޯށިން ކަންކަން ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނު ގާނޫނު އަސާސީ ނަގަހައްޓައި ތަންފީޒު ކުރައްވާނެ ކަމުގައެވެ.
RY valu dhorashēn kankan nukuraane.Q’n nagahattaa thanfeezu kurāne. QA ah boalanbaane.Vaahaka madhuvaane.Gaumu tharaggee kuree thāreekh nudhekey spēdga.Dhivehinge kankamaa behi ulhenvaagoiy kiyaidheyn anna meehun sappu jahaa beyrukurane.Gadi jehey Min beyrukuraane @nazim7878 https://t.co/6rOy6cS21I
— Mohamed Saeed (@em_saeed) July 31, 2022
ސައީދު ފާހަގަކުރެއްވިގޮތުގައި ރައީސް ޔާމީން ގާނޫނު އަސާސީއަށް ބޯ ލަންބަވާނެއެވެ. އަދި ވާހަކަފުޅުވެސް މަދުވާނެއެވެ.
”ގައުމު ތަރައްގީ ކުރީ ތާރީހު ނުދެކޭ ސްޕީޑުގަ. ދިވެހިންގެ ކަންކަމާ ބެހި، އުޅެންވާގޮތް ކިޔައިދޭން އަންނަ މީހުން ސައްޕުޖަހާ ބޭރު ކުރާނެ.“ ސައީދު ވިދާޅުވިއެވެ.
ގަޑި ޖެހިގެން ކެބިނެޓް ބައްދަލުވުމަށް އަންނަ ވަޒީރުންވެސް ރައީސް ޔާމީން ބޭރުކުރައްވާނެކަމަށް ވިދާޅުވެ ސައީދު ވަނީ ނާޒިމަށް ހޫނު ރައްދެއް ދެއްވާފައެވެ.
ނާޒިމަށް ރައްދު ދެއްވަމުން އިދިކޮޅު ޕީޕީއެމްގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް (ސެންބެ) ވިދާޅުވިގޮތުގައި ރައީސް ޔާމީން ހޯއްދެވީ ނިކަމެތި ރައްޔިތުންގެ ލޯތްބެވެ. އަދި މިއަދު އެ ރައްޔިތުންނަށްޓަކައި ބިމާއި، ޖައްވާއި، ފަޒާވެސް އެކަމަށް ހެކިދޭނެކަން ސެންބެ ފާހަގަކުރެއްވިއެވެ.
RY hoadhevee Nikamethi Rayyithun ge loabi. Miadhu e rayyithun ahtakaa dhivehi bimaa javvaa fazaa ves heki dhey ekamah. Dhivehin miadhu edhi egovanee emanikufaanuge Za’amathah. Sababuthah 2023 ge inthaabun insha allah fennaane. @nazim7878
— Hussain Mohamed Latheef (@HucenSembe) July 31, 2022
އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއުވެސް ވަނީ ނާޒިމަށް ރައްދު ދެއްވާފައެވެ. އެގޮތުން ޝުޖާއު ވިދާޅުވީ ރާއްޖޭގެ ކަންކޮޅުތަކުގައި އިންޑިއާ ސިފައިން ގާއިމްވެފަ ތިބުމަށް ނާޒިމް ތާއީދު ކުރެއްވި ކަމުގައެވެ.
”ބޭރު ގައުމުތަކުގެ ސިފައިން މި ބިމުގައި ގާއިމްވެ ތިބުމަށް ތާއީދު ކުރުމަކީ ޣައްދާރުންގެ ސިފައެއް.“ ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ހާމަކުރެއްވިގޮތުގައި ރައީސް ޔާމީންގެ ކެބިނެޓުން ނާޒިމް ވަކިކުރީ ވަލިއްޔުލް އަމުރަށް ޣައްދާރުވެގެންނެވެ.
ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި އިންޑިޔާ ސިފައިން ޤާއިމްވެފަ ތިބުމަށް @nazim7878 ތާއީދު ކުރި.ބޭރުޤައުމު ތަކުގެ ސިފައިން މިބިމުގައި ގާއިމްވެ ތިބުމަށް ތާއީދު ކުރުމަކީ ޤައްދާރުންގެ ސިފައެއް.ރައީސް ޔާމީންގެ ކެބިނެޓުން ނާޒިމް ވަކިކުރީ ވަލިއްޔުލް އަމުރަށް ޤައްދާރުވެގެން. https://t.co/R4fI2RhvP9
— Ibrahim Shujau (@IbrahimShujaau) July 31, 2022
ނާޒިމް ރައީސް ޔާމީނަށް ޣައްދާރަށް ގޮވުމާ ގުޅިގެން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ވިއްކާލަން އދ ގެ ސޯފާ އެއްބަސްވުމުގައި ސޮއި ނުކުރެވިގެން އުޅުނު ހަނދުމަ ނެތުނީތޯ ނާޒިމާއި ސުވާލު ކުރައްވާފައެވެ.
”ރާއްޖޭގެ ވެރިކަން ނާޒިމް ކުރާނެ ދުވަހެއް ހަޔާތުގައިވެސް ނާންނާނެ. އެކަމާ އުޅޭނެކަމެއް ނެތް.“ ނަރީޝް ވިދާޅުވިއެވެ.
ނަރީޝް ވިދާޅުވީ ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާއި އެކު ވިއްކުމުގައި ނާޒިމް އުޅުވުން އެންމެ ރަނގަޅު ކަމުގައެވެ.
ނާޒިމްގެ މި ޓުވީޓަށް ޕީޕީއެމް ޕީއެންސީގެ ކައުންސިލް މެންބަރުންނާއި އާންމުންވެސް ވަނީ ހޫނު ރައްދެއް ދީފައެވެ.
Yaamin **** hadhaan kuranee
Goathi gane bodu ganduvaru hadhamun e dhanee musaara ah libunu laari kolhun dhethoa? Account thakuga huree million Kon thaakun hoadhi faisaa thoa? Raajje dhuh emme bodu ……
ފިސްތޯލަ ގޭގައި ބޭނުން ކުރާ މީހުންނަކީ ހަމަ ހަގީގަތުގައި ވެސް ގައުމަށް ބޮޑުގައްދާރެއް!