ޚަބަރުސިޔާސީ

މެންބަރު ސަލީމްގެ ކެމްޕެއިންގައި އިސްކޮށް އުޅުނު އަފްރޯ ޕިޕީއެމާ ގުޅިއްޖެ

ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ސަލީމް (ސައްލެ)ގެ  ކެމްޕެއިންގައި އިސްކޮށް އުޅުނު އަހުމަދު އަފްރާހު (އަފްރޯ) ޕިޕީއެމާ މިއަދު ގުޅިއްޖެއެވެ.

އަފްރާހު އަކީ ހޯރަފުށީ އެމްޑީޕީގެ ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރަމުން އައި ޒުވާނެކެވެ. ޕީޕީއެމާ ގުޅުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަފްރާހު ވަނީ ޓުވީޓެއް ކޮށްފައެވެ. އެ ޓުވީޓުގައި އޭނާ ބުނީ ލިވާތު ކުރުމާ ދެކޮޅަށް އެމްޑީޕީ ދޫކޮށް ޕީޕީއެމާ ގުޅުނީ ގައުމު ސަލާމަތް ކުރުމަށް ކަމުގައެވެ.

”ފާހިޝް އަމަލު ހިންގާ ޕާޓީގަ ތިބި އެކަމާ ދެކޮޅު މީހުން އަޅުގަނޑާ އެއްކޮށް މި ނިންމުމުގަ ބައިވެރިވާން ގޮވާލަން.“ އަފްރާހް ބުންޏެވެ.

އޭނާ ބުނިގޮތުގައި ޕީޕީއެމާ ގުޅުމުން ގިނަ ބަޔަކު ވަނީ މަރުހަބާގެ މެސެޖުތައް ފޮނުވާފައެވެ.

އިތުރު ޓުވީޓެއް ކޮށް އަފްރާހު ބުނީ ގައުމު ސަލާމަތް ކުރާނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ކަމުގައެވެ. އޭނާގެ ވިސްނުން ހުރީ 2023 ގެ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދިނުމަށެވެ.

 

އަފްރާހުގެ އިތުރުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ސޯޝަލް މީޑިއާގައި އެންމެ ގަދަޔަށް ޕްރޮމޯޓު ކުރަމުން އައި އެމްޑީޕީގެ ޒުވާން އެކްޓިވިސްޓު އަލީ ސާޖިދުވެސް ވަނީ ޕީޕީއެމާ މިއަދު ގުޅިފައެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button