ބަހާ އަމަލުން އަނިޔާ ދިން އެންމެނަށް މާފު ކޮށްފިން ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ރައީސް ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 7 ފެބުރުއަރީ 2012 ގައި އޭރު ރައީސް ކަމުގައި ހުންނެވި މުހައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށްފަހު އުފެއްދެވި ދޮގު ވާހަކަަތައް ގަބޫލުކޮށް، އެމަނިކުފާނުގެ އާއިލާއަށް އަނިޔާވެރި ބަސްތަކާއި އަމަލު ރައްދުކުރި އެންމެނަށް މައާފުކޮށްފި ކަމުގައެވެ. އަދި ރައީސް ވަހީދު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި އެއްވެސް މީހަކަށް ނުހައްގުން އަނިޔާއެއް ލިބިފައިވާނަމަ، މާފް ކުރުމަށް އެދިވަޑައިގެންފައެވެ.
R Nasheed isthiufaa dhevvumahfahu ufehdhevi dhogu narrative gaboolukoh alhugadaa aailaa ah aniyaaveri basthakaa amalun rahdhu dhevvi hurihaa faraathakah ma’aaf dhemeve. Adhi alhugaduge Raees kamugai evves faraathakah nuhaqqun aniyaa eh libunu nama ma’aaf kurevvun edhemeve. TQ
— Mohamed Waheed (@DrWaheedH) July 30, 2022
ރައީސް ވަހީދު މިފަދައިން ވިދާޅުވީ، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރް އާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ހައްޔަރުކޮށް 7 ދުވަހަށް ބަންދު ކުރުމާ ގުޅިގެން ނާޒިމްގެ ދިފާއުގައި ނަޝީދު ވާހަކަފުޅު ދައްކަވަމުން ދާ ދަނޑިވަޅެއްގައެވެ. އެގޮތުން ރައީސް ވަހީދު އަށް ނިސްބަތްކޮށް އާންމުންގެ މީހަކު ބުނީ ނަޝީދު ފަދަ ކޮންޓްރޯލުން ނެއްޓިފަ ހުންނަވާ ބޭފުޅަކާ އެއްކޮށް ވެރިކަން ކުރުމަށް ވާނެ އުނދަގޫ އޭނާއަށް އިހުސާސް ކުރެވޭ ކަމުގައެވެ. އަދި ރައީސް ވަހީދަށް އަމާޒުކޮށް ބާޣީއަށް ގޮވުނީތީ އޭނާ ވަނީ ރައީސް ވަހީދުގެ ކިބައިން މާފަށް އެދިފައެެވެ.
7 ފެބުރުއަރީގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ވެރިކަމާ ހަވާލުވެވަޑައިގަތީ އޭރުގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި ރައީސް ވަހީދެވެ. އެމްޑީޕީއިން އެމަނިކުފާނަށް އާޑަ ފުރައްސާރަ ކޮށް، މަލާމާތްކޮށް ހުތުރު އަމަލުތަކެއް ހިންގިއެވެ.