ޚަބަރުސިޔާސީ

ރައީސް ސޯލިހަށް ކުރެވޭ ތުހުމަތުގެ ތެދު ދޮގު ހާމަވާނީ މިނިވަން ތަހުގީގަކުން: އިދިކޮޅު

ރައީސް އިބްރާހީމް މުޙައްމަދު ޞާލީޙު ޒިނޭ ކުރާ މަންޒަރު ހުރި ފޮޓޯތަކެއް ހުރި ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ވިދާޅުވުން ތަޙުޤީޤު ކުރުމަށް އިދިކޮޅުން ގޮވާލައިފިއެވެ.

އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޞާލިޙު ޒިނޭ ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ރައީސް ނަޝީދު އަތްޕުޅުގައި ހުރިކަމަށް ވިދާޅުވާ ވިދާޅުވުމުގެ ޙަޤީޤަތް ހޯދާ އެކަމުގެ މަޢުލޫމާތު ދިވެހި ރައްޔިތުންނަށް ހާމަކުރަން ޖެހޭ ކަމުގައެވެ.
މިމައްސަލައިގެ ތެދު ދޮގު ދިވެހި ރައްޔިތުންނަށް އެނގެން ބޭނުންވާނެތީ، އެމައްސަލައިގެ ފުރިހަމަ ތަޙުޤީޤެއް މިހާރުން މިހާރަށް ހިންގުމަށް ދައުލަތުގެ މުއައްސަސާތަކަށް، ޚާއްޞަކޮށް ދިވެހި ފުލުހުންގެ ޚިދުމަތަށް އިދިކޮޅުން ގޮވާލިއެވެ.

އެ މައްސަލައިގެ ތަޙީޤީޤަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ހިންގާ ތަޙުޤީޤަކަށް ހެދުމަށްޓަކައި، ވަގުތީ ގޮތުން ނަމަވެސް ތަޙުޤީޤު ނިމެންދެން ރައީސް ޞާލިޙު އަދި ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދުވެސް މަޤާމުން އެކަހެރިވުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

”މިވަރުގެ ބޮޑު ތުޙުމަތެއް ދައުލަތުގެ އެންމެ މަތީ ވެރިންގެ ތެރެއިން ވެރިއަކު ކުރެއްވުމަކީ ތަރުޖަމާނު މެދުވެރިކޮށް ބަރީއަވާންވީ ވަގުތެއް ނޫން.“ އިދިކޮޅުގެ ބަޔާނުގައި ވެއެވެ.

މިކަމުން ބަރީއަވުމަށްޓަކައި ފުރިހަމަ މިނިވަން ތަޙުޤީޤަކަށް ފުރުޞަތު ދިނުމަށާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ކަޅު ދަބަސް ގެންދިޔަ މައްސަލަ އޮއްބާލިގޮތަށް މި މައްސަލަ އޮއްބާ ނުލުމަކީ ދިވެހި ރައްޔިތުންގެ އާދޭހޭއް ކަމުގައިވެސް އިދިކޮޅުން ބުންޏެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button