އިސްލާމީ ދަޢުލަތެކޭ ބުނަން ލަދުގަންނަ ހިސާބަށް މިހާރު ރާއްޖޭގެ ކަންތައްތައް ގޮސްފި ކަމަށާއި އެއީ ބަޔަކު ރާވައިގެން ކުރި ކަންތައްތަކެއްގެ ސަބަބުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެންބެ) ވިދާޅުވެއްޖެއެވެ.
ތަކުރާރުކޮށް މިސަރުކާރުގެ އިސްވެރިންނާއި މަޖިލިސް މެންބަރުންގެ މައްޗަށް ކުރެވެމުންދާ މުޑުދާރު ތުހުމަތު ތަކާއި، އެއްޖިއްސުން ގުޅުން ހިންގުން އާންމުވެފައިވާ މިދަނޑިވަޅުގައި ސެންބެ ވިދާޅުވީ ބަޔަކު ރާވައިގެން ކުރިމަސައްކަތެއްގެ ސަބަބުން އިސްލާމީ ދަޢުލަތެކޭ ބުނަން ލަދުގަންނަ ހިސާބަށް ކަންތައް ގޮސްފިކަމަށެވެ.
Islaamee dhaulathekey bunan ladhu ganna hisaabah kanthah midhiyaee, bayaku raavaigen kuri masahkaithakehge sababun. E masakkiay kuraakan egithibe bayaku vanee Faisaa ahtakaa Dheen ves gurubaan koffa. Harukashi kamah nubai faahish amalu thakun misarukaarah Dhen araeh nuganeveyne.
— Hussain Mohamed Latheef (@HucenSembe) July 29, 2022
ސެންބެ ވިދާޅުވީ އެފަދަ މަސައްކަތް ކުރި ބަޔަކުވަނީ ފައިސާއަށްޓަކައި ދީންވެސް ޤުރުބާންކޮށްފައި ކަމަށެވެ. މިއާއި އެކު އޭނާ ވިދާޅުވީ ހަރުކަށިކަމާއި ނުބައިފާހިޝް ޢަމަލުތަކުން ދެން މިސަރުކާރަށް އަރައި ނުގަނެވޭނެ ކަމަށެވެ.