ޚަބަރުސިޔާސީ

ރައީސް ޔާމީން ހައްޔަރުކޮށްގެން ރައީސް ސޯލިހު ރިޔާސީ އިންތިހާބު ބޭއްވުމަކީ ލަދުވެތިކަމެއް: ރައީސް ވަހީދު

ހެޔޮވެރިކަމެއް ކުރެވޭނީ ހުރިހާ ކަމެއްގައިވެސް ރައްޔިތުން އިސްކޮށްގެން ކަމަށާއި، އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް، ރައީސް ޔާމީން އަބްދުލްގައްޔޫމު ހައްޔަރުކޮށްގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބު ބޭއްވުމަކީ ލަދުވެތިކަމެއް ކަމުގައި ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު މިފަދައިން ވިދާޅުވީ ސަރުކާރުގެ ނުފޫޒުން ޖަލަށް ލާފައިވާ ރައީސް ޔާމީން  2023 ގައި ވެރިކަމަށް ގެނައުމަށް ކެމްޕެއިން ކުރުމުގެ ގޮތުން ދަރުބާރުގޭގައި މިއަދު ފެށި ހޯޕް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.

އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި އިދިކޮޅު ލީޑަރު ބަންދުކުރުމުން ދޭހަވަނީ ސަރުކާރުގެ ފެންވަރު ދަށްކަމެވެ. އަދި ހެޔޮވެރިކަމެއް ގާއިމް ކުރެވޭނީ ރައީސް ޔާމީން މިނިވަންކޮށްގެން ކަމުގައި ރައީސް ވަހީދު ފާހަގަކުރެއްވިއެވެ. ރާއްޖޭގައި މިހާރު އޮތް ބޭއިންސާފުގެ ނިޒާމް ބޭރުގެ ފަރާތްތަކަށް މިހާރު އެނގެމުން ދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”ރައީސް ޔާމީނަށް ބައިނަލްއަގްވާމީ ސަޕޯޓު އިތުރުވަމުންދާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން.“ ރައީސް ވަހީދު

ރައީސް ވަހީދު ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމުގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button