ޚަބަރުސިޔާސީ

ރައީސް ވަހީދު ޕީޕީއެމުން ވަކިވެެއްޖެ!

ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ޕީޕީއެމްގެ އެޑްވައިޒަރުކަމުންނާއި އެޕާޓީގެ މެންބަރުކަން ވަކިވެވަޑައިގެންފިއެވެ.

ރައީސް ވަހީދު ޕީޕީއެމުން ވަކިވެވަޑައިގެންނެވިކަން އެމަނިކުފާނު ވަނީ ޓުވިޓަރ މެދުވެރިކުރައްވައި އިއުލާން ކުރައްވާފައެވެ. ރައީސް ވަހީދު ވިދާޅުވިގޮތުގައި މީގެ 10 އަހަރު ކުރިން އެމަނިކުފާނު ޕީޕީއެމާ ގުޅިވަޑައިގަތީ ތަރައްގީގެ މަގުގައި އެމަނިކުފާނު ނިންމެވި ބައެއް ނިންމުންތައް ތަންފީޒު ކުރެވޭތޯ ޔަގީންކުރެއްވުމަށް ކަމުގައެވެ. އެގޮތުން އޭގެ ގިނަ ނިންމެވުންތައް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހާސިލްވެގެންދިއުމަކީ އެމަނިކުފާނު ނުހަނު އުފާ ކުރައްވާ ކަމެއް ކަމަށާއި، އެކަމަށްޓަކައި އެ ޕާޓީއަށް ޝުކުރު ދަންނަވާފައިވެއެވެ.

އެހެން ނަމަވެސް މިވަގުތަކީ އެމަނިކުފާނުގެ ހުނަރާއި، ތައުލީމާއި، ތަޖުރިބާ، ހަމަޖެހުމާއި ތެދުވެެރިކަމާއި އިހުލާސްތެެރިކަން އޮތް މާހައުލަކަށް ބަދަލު ކުރައްވަން ޖެހިފައިވާ ވަގުތެއްގެ ގޮތުގައި މިހާރުގެ ހާލަތު ސިފަކުރެއްވިއެވެ.

ރައީސް ވަހީދުގެ މި މާނަފުން ވާހަކަފުޅުގެ ސީދާ ހަގީގަތް އެމަނިކުފާނު ތިލައެއް ނުކުރައްވައެވެ. އެހެން ނަމަވެސް މިވަގުތަކީ ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން އަންނަ ދަނޑިވަޅެކެވެ. އަދި އެމަނިކުފާނަށް އިންތިހާބުގައި ވާދަނުކުރެއްވޭގޮތް ވުމާއެކު އެންޑޯޒު ކުރެއްވީޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button