
މުއިއްޒުގެ ތަރުޖަމާނަކަށް ތޮލާ، ޕީއޭ އަކަށް ސަނާހު!
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ ތަރުޖަމާނަކަށް ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލު ހަމަޖައްސަވައިފިއެވެ.
ތޮލާލު މީގެ ކުރިން ހުންނެވީ އެޕާޓީގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން އެޖެންޓެއްގެ ގޮތުގައެވެ. އެކަމަކު ސުޕްރީމް ކޯޓުން ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ހަނި ކުރުމާ ގުޅިގެން އެމަނިކުފާނު އެންޑޯޒު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުއިއްޒުއެވެ.
ތަރުޖަމާނަކަށް ތޮލާލް ހަމަޖެއްސެވިއިރު، އެޕާޓީގެ ސެނެޓަރު އިބްރާހިމް ސަނާހުއަކީ މުއިއްޒުގެ ޕާސަނަލް އެސިސްޓެންޓެވެ.