ޚަބަރުސިޔާސީ

ރައީސް ޔާމީން ޖަލުގައި 1000 ދުވަސް، އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ޒުވާނުން ސައިކަލް ބުރަކަށް!

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުގައި ހުންނަވާތާ 1000 ދުވަސް މިއަދަށް ހަމަވުމާގުޅިގެން އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ޒުވާނުން ސައިކަލް ބުރެއް ބާއްވަން ނިންމައިފިއެވެ.

މި ސައިކަލު ބުރު ފެށޭނީ މިއަދު ހަވީރު 16:00 ގައި ޕީޕީއެމް އޮފީސް ހުންނަ ހ.ހުރަފަ ކުރިމަތިންނެވެ. އަދި މި ސައިކަލު ބުރުގައި ވީހާވެސް ގިނަ ޒުވާނުން ބައިވެރިވެދިނުމަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.

ރައީސް ޔާމީން މިވަގުތު ހުންނެވީ ވ.އާރަށުގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރި ދެ ދައުވާއެއްގައި 11 އަހަރުގެ ޖަލު ހުކުމެއްގައި މާފުށީ ގައެވެ. އެމައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރެވި މިހާރު އޮތީ ހުކުމާ ހިސާބުގައެވެ. އަދި އިސްތިއުނާފުގައި ހިމެނޭ ހުކުމް ތަންފީޒުކުރުން ފަސްކުރުމާމެދު މާދަމާ ހައި ކޯޓުން ގޮތެއް ނިންމާނެ އެވެ. އެކަމަކަު އިސްތިއުނާފު އަޑުއެހުންތައް ވަރަށް ބޮޑަށް ދިގުލައިގެން ގޮސް އެމައްސަލައަށް ގޮތެއް ނުނިމި އޮއްވައި ޔާމީންގެ ކެންޑިޑޭސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަންނަން ނިންމި މައްސަލަ ވެސް ސުޕްރީމް ކޯޓުން ނިންމީ އެމަނިކުފާނާ ދެކޮޅަށެވެ.

ރައީސް ޔާމީނަށް ކަފާލާތުގެ ހައްގު ދީފައިނުވާއިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށާއި، ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫނަށާއި، ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމަށް ހައިކޯޓުން ކަފާލާތު ދީފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button