ޚަބަރުސިޔާސީ

ޖަމީލް ރައީސް ސޯލިހަށް: ވަގުތު ޖެހުމުން ނަތީޖާ އާއި ކުރިމަތިލާން ޖެހޭނެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ވަގުތުކޮޅު އައިސް ޖެހުމުން ނަތީޖާ އާއި ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑެރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ‏މިސަރުކާރުން ކޮރަޕްޝަން ނުހިމެނޭ ގޮތަށް ކަމެއް ހިންގައިފިނަމަ ހައިރާންވާންޖެހޭ ކަމުގައެވެ. އެމަނިކުފާނު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުންފުނިތަކުން ރިޝްވަތު ނަންގަވާކަމަށް ތުހުމަތު ކުރައްވާފައެވެ.

”އެންމެންހެން މި އިއްތިފާގުވަނީ ރައީސް ސޯލިހު ހީލަތްތެރިކަމާއިއެކު މިކުންފުނިތަކުން ކޮރަޕްޝަން ހިންގާ މަންފާ ހޯދާކަން.“ ޖަމީލް ވިދާޅުވިއެވެ.

ވަގުތުޖެހުމުން ނަތީޖާއާއި ކުރިމަތިލާންޖެހޭނެ ކަމަށް ވިދާޅުވެ ޖަމީލް ވަނީ ރައީސް ސޯލިހަށް ބަހުގެ އިންޒާރުގެ މެސެޖެއް ދެއްވާފައެވެ.

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް އިތުރުވެފައިވާއިރު، އެކަންކަން ބެލުމުގެ ބެލެނެވެރި ފަރާތް ކަމުގައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން އެއްކޮށް ބަދަލުކޮށްގެންވެސް މައްސަލަތައް ނުބެލޭކަން ފާހަގަކުރެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button