ޚަބަރުސިޔާސީ

ސަރުކާރަށް ދިމާވެފައޮތް އެންމެ ނިކަމެތި ޙާލަތަކީ ބަލަދުވެރިޔަކު ނެތުން: ނާޒިމް

އަދުގެ ސަރުކާރަށް ދިމާވެފައޮތް އެންމެ ނިކަމެތި ޙާލަތަކީ ސަރުކާރުގެ ބަލަދުވެރިޔަކު ނެތުން ކަމަށް ކުރީގެ ހެލްތް މިނިސްޓަރު އަދި އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެންބަރު ނާޒިމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނާޒިމް ވަނީ މިސަރުކާރަކީ ބަލިކަށިވެ ނިކަމެތިވެފައި އޮތް ސަރުކާރެއް ގޮތުގައި ސިފަކުރައްވާފައެވެ.

 ”ސަރުކާރު މިއޮތީ ވަރަށް ބޮޑަށް ބަލިކަށިވެފަ. ނިކަމެތިވެ ސަރުކާރުވަންތަކަން ވަރަށް ކުޑަވެފަ.“ ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ސަރުކާރުގެ ސުޕަރ މެޖޯރިޓީއޮތް މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ގިނަ އަދަދެއްގެ މަޖްލިސް މެންބަރުންވެސް އަދި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކުން މިއަދުގެ ސަރުކާރުގެ ހުރިހާ ސިޔާސަތުތަކަށް ޒިންމާ ނުނަންގަވާ ކަމަށެވެ.

މިއާއިއެކު އޭނާ ވިދާޅުވީ އެފަރާތްތަކުން ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ގޮންޖައްސަވާ ކަމަށާއި ސަރުކާރާއި ދެކޮޅަށް އެ މެންބަރުން ވާހަކަ ދައްކަވަނީ ފޫނުބެދޭ ކަންތައްތަކެއް ހުރީމަކަމަށެވެ.

އެހެން ނަމަވެސް ހާއްސަ ކަންތައްތަކެއް ސަރުކާރުންވާ ފަރާތްތަކުން ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކާކަމަށާއި ނަމަވެސް މުޅި އެމްޑީޕީ ތެރޭގެ މެޖޯރިޓީވެސް އޮތީ ސަރުކާރުގެ މާލީ ސިޔާސަތު ދިފާއުކުރާ ހާލަތުގައި ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ.

”ސަރުކާރު މިއޮތީ ވަރަށް ބޮޑަށް ބަލިކަށިވެފަ. ނިކަމެތިވެ ސަރުކާރުވަންތަކަން ވަރަށް ކުޑަވެފަ.“ ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ސަރުކާރުގެ ބަލިކަށިކަމުގެ ނޭދެވޭ އަސަރު ކުރަނީ ހަމައެކަނި އިގްތިސާދަށް އެކަނި ނޫން ކަމަށާއި، އެކަމުގެ ސަބަބުން މިއަދު ރައްޔިތުންނަށް ޖަވާބުދާރީވާން ހުރި މުއައްސަސާތައް މަޑުމަޑުން ފެއިލްވަމުންދާތަން ފެނިގެންދާކަމަށެވެ.

ނާޒިމް ވިދާޅުވިފަދައިން އަދުގެ ސަރުކާރުގެ ގިނަ ސިޔާސަތުތަކަށް އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި، އަދި މީގެ ކުރިން ސަރުކާރަށް ތާއީދު ކުރަމުން އައި ބައެއް ފުންނާބު އުސް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button