
އެތައް ބަޔަކާއެކު ލިވާތު ކުރި ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށަށް އިއުތިރާފް ވެފައިވާ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހުމަދު ނާޒިމް އަބްދުއްސައްތާރު ރައްޔިތުންގެ ކިބައިން މާފަށް އެދިއްޖެއެވެ.
ލިވާތު ކުރި ކަމުގެ ކުށަށް އިއުތިރާފް ނުވި ނަމަވެސް އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފް ވެފައިވާ ނާޒިމް ނެރުނު ބަޔާނެއްގައި ބުނީ އޭނާ ކުރި ކުށަށް ތަޢުބާވެ، ހިތާމަކުރާ ކަމުގައެވެ.
”އަޅުގަނޑުގެ މި ކުށަށް މި އިޢުތިރާފު މިވަނީ އަޅުގަނޑަކީ މިކަމުގައި ކުށްވެރިއަކަށް ވުމުގެ އިތުރުން، މި ކަމުގައި އަޅުގަނޑު ބްލެކްމެއިލްކޮށް ފައިސާ އަތުލަން އުޅެ، އެ މައްސަލައިގައި އަޅުގަނޑަކީ ވިކްޓިމްއެއް ކަމުގައި ވާއިރު ވެސް މެ.“ ނާޒިމް ބުންޏެވެ.
ނާޒިމް ބުނީ އޭނާ ރާއްޖޭން ބޭރަށް ފިލައިގެން ނުދިޔައީ، ރާއްޖޭގައި ހުރެ، ކުށަށް އިއުތިރާފުވެ، އެ ކުށުގެ އަދަބަށް ކުރިމަތިލާން ބޭނުންވާތީ ކަމުގައެވެ.
ނާޒިމް ކުށަށް އިއުތިރާފް ވުމުން ހުކުމް ކުރުމަށް ބާއްވާ ޝަރީއަތް މިއަދު ހަވީރު 16:30 އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލު ކޮށްފައެވެ.
އޭނާކުރި ކުށަކީ ތައުބާ ނުވެވޭ ވަރުގެ ކުށެއް ނޫން. މިރާއްޖޭގައި ޒިނޭ އާއި ލިވާތާ ކުޑަކުދިންނާ ބެހުމާ ރާބުއިމާ ޑުރަގުނެގުމާ އަނބިންނަށް އަނަނިޔާ ކުރުމާ ދަރިންނަށް ހަރަދު ނުދިނުުމާ މައިންބަފައިންނަށް އަޅާނުލުމާ މަކަރާ ހީލަތް ހެދުމާ މާރާމާރިއާ މީހުން މެރުންފަދަ ކުށްތައް ކުރާ މީހުންވެސް ބައިވަރު. ޢިންސާނާއަކީ ކުށްކުރެވޭނެ މީހެއް. އެމީހެއްގެ ކުށްތައް ކަނޑުގެ ފޮނުގަނޑަށް ވުރެ ގިނަ މީހާއަށްވެސް އެކަލާންގެ ފުއްސަވާދެއްވާ. ނާޒިމް ތައުބާވީތީ އުފާކުރަން. ޢުންމީދުކުރަނީ ދެން އެކަހަލަ ކަމަކަށް އަރައިނުގަންނާނެ ކަަމަށް.
ޒިނޭކުރުމާއި ޝަރީކުކުރުމާ ކުޑަކުދިންނާ ބެހުމާ އަމިއްލަ ދަރިންނާ ބެހުމާ އަނބިންނަށް އަނިޔާކުރުމާ ރޭޕްކުރުމާ މަސްތުވުމާ ރާބުއިމާ ބަރަހަނާވުމާ މަކަރާ ހީލަތް ހަދައިގެން ފައިސާ ފޭރުމާ ވައްކަންކުރުމާ މާރާމާރިއާ މީހުން މެރުމަށްވުރެ އެއްޖިންސުން ގުޅުން ހިންގުން ނުބައެއް ނުވާނެ. ޒިނޭކުރީމަ އޯގަދަ. ޢެއްޖުންސުންގުޅުން ހިންގީމަ ޗީޗީ. މިއީ މުނާފިގުކަން. ކަނޑުގެ ފޮނުގަނޑަށްވުރެ ފާފަ ގިނަވިއަސް އެކަލާންގެ ފުއްސަވާދެއްވާނެ. ތައުބާވެ އެކަލާންގެ މަގަށް ރުޖޫއަވޭ.