ޚަބަރު

ކާފަރެއްކަން ކަނޑައަޅާނީ ޝަރީއަތުން: އިސްލާމިކް މިނިސްޓަރ

ޝަރީއަތުން ނުނިންމާހަ ހިނދަކު އެއްވެސް މުސްލިމަކީ ކާފަރެއް ކަމަށް ކަނޑަނޭޅޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫހެއް ކަމުގައިވާ ”ވަގުތު“ އަށް މައުލޫމާތު ދެއްވަމުން ޒާހިރު ވިދާޅުވީ އެކަކު އަނެކަކަށް ކާފަރަށް ގޮވާ ކަމަށް ބުނެ މި ފަހަކަށް، އައިސް މިނިސްޓްރީއަށް އެކި ކަަހަލަ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އަދި އެގޮތުން ބައެއް ދީނީ އިލްމުވެރިން ވެސް މީހުން ކާފަރުކޮށް ވާހަކަ ދައްކަވަމުން އަންނަކަން ޒާހިރު ފާހަގަ ކުރެއްވިއެވެ.

ވަކި ފަރުދަކީ ކާފަރެއް ކަމަށް ކަނޑައެޅުމުގެ އިހުތިޔާރު އެއްވެސް މީހަކަށް ލިބިގެންނުވާ ކަމުގައި ޒާހިރު ވިދާޅުވިއެވެ.

”އިސްލާމި މުޖުތަމައުގައި ކާފާރަކަށް ބުނުމުގެ ހައްގެއް ނެތް އެއްވެސް މީހަކަށް ލިބިގެނެއް ނުވޭ. އެކަން ކަނޑައަޅާނީ ޝަރީއަތުން“  ޒާހިރު ވިދާޅުވިއެވެ.

ޒާހިރު އިތުރަށް ވިދާޅުވީ ލިބޭ ޝަކުވާތަކަށް ބަލއި ނަސޭހަތް ދޭން ޖެހޭ މީހުންނަށް ނަސޭހަތް ދެމުންދާ ކަމަށާއި އަދި އަދަބު ދޭންޖެހޭ ފަރާތްތަކަށް އަދަބު ދެމުން ދާކަމަށެވެ.

ޒާހިރު މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ  މަޖިލީހަށް ހުށައަޅައިފައިވާ ނަފްރަތުގެ ބިލާއި މެދު ގިނަ ބަޔަކު ހިޔާލުފާޅު ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button