އެލުމްނާއީ ލިޑާޝިޕް އެވޯޑް މިފަހަރު ޑރ.ޝަހީމަށް

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ (އައިއައިޔޫއެމް) ގެ ފަރާތުން ދޭ އެލުމްނާއީ ލީޑާޝިޕް އެވޯޑް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހަންމަދު ޝަހީމް އަލީ ސަޢީދުއަށް ލިބިވަޑައިގެންފިއެވެ.
އެލުމްނާއީ އެވޯޑަކީ އައިއައިޔޫއެމްގެ ކުރީގެ ދަރިވަރުންގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަ ކޮއްލެވޭ މަސްކަތްތަކާއި ލީޑާޝިޕް މަސައްކަތްތައް ކުރައްވާ ބޭފުޅުންގެ އަގު ވަޒަން ކުރުމުގެ ގޮތުން އެ ޔުނިވާސިޓީއިން ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑެކެވެ.
ޑރ.ޝަހީމަށް މި އެވޯޑު ލިބިވަޑާގަތުމުން އެމަނިކުފާނު ވަނީ އައިއައިޔޫއެމް އަށް ޝުކުރު އަދާ ކުރައްވާފައެވެ
I am pleased to extend my sincere gratitude to the International Islamic University Malaysia (IIUM) for choosing me for the Alumni Leadership Award (TOKOH) for the year 2021. I wish our university further progress and prosperity.@IIUMAlumniAssoc @IIUM_Alumni @OfficialIIUM
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 10, 2021
މި އެވޯޑަކީ އެ ޔުނިވާސިޓީއިން ކުރީގެ ދަރިވަރުންނަށް ދޭ އެންމެ މަތީ ދަރަޖައިގެ އެވޯޑެކެވެ.