ޚަބަރު

ފައިސާ ނުދައްކާތީ އައްޑޫ ފުލުހުންގެ ވެހިކަލަށް ޕެޓްރޯލް އެޅުމުގައި ދަތިތަކެއް

ފައިސާ ނުދައްކާތީ އައްޑޫ ފުލުހުންގެ ވެހިކަލަށް ޕެޓްރޯލް އެޅުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ސަންދާނު ނޫހުން ރިޕޯޓް ކޮށްފިއެވެ.

ސަންދާނު ނޫހުން މިކަން ރިޕޯޓް ކުރުމުގެ އިތުރުން ޗެނަލް 13 އިން ރޭ ގެނެސްދިން މަޑިސީލަ ޕްރޮގްރާމުގައިވެސް މިކަމާ ގުޅޭ އޯޑިއޯއެއް ވަނީ ގެނެސްދީފައެވެ.

މި ދެ މީޑިއާއިން ހާމަކުރިގޮތުގައި 2020 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ވެހިކަލްތަކަށް އެޅުނު ތެލުގެ އަގަށް ދައްކަން ޖެހޭ -/579,000 (ފަސްލައްކަ ހަތްދިހަ ނުވަހާސް ރުފިޔާ) ވަނީ ނުދައްކައެވެ. ސަންދާނަށް މައުލޫމާތު ދީފައިވަނީ ސިޓީ ފިއުލްގެ ފަރާތުންނެވެ.

އައްޑޫގައި މިފަހަކަށް އައިސް ހިނގަމުން އަންނަ މާރާމާރީތަކާއި އެހެނިހެން ކުށްތަކަށް ފުލުހުންނަށް އެޓެންޑުވުމުގައި ދަތިތަކެއް ހުންނަ ކަމަށް ވަނީ ފާހަގަވެފައެވެ.

އައްޑޫ ސިޓީ ފޭދޫގައި ރޭ މެންދަމުގެ ވަގުތެއްގައިވެސް މާރާމާރީއެއް ހިންގައި ޒުވާނަކު މަރާލާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button